މަޣުރިބުގެ އަންހެނަކު މަރުވި ކަމަށް ހީކޮށް ވަޅުލަނިކޮށް ހޭއަރައިފި

މަޣުރިބުގެ ގަބުރުސްތާނެއް. ފޮޓޯ: ފޮޓޯއަރަބިއާ

ހަކުރުބައްޔާއި ސިކުނޑީގެ ކެންސަރުގެ ސަބަބުން ހޭނެތި، ކޯމާއަކަށް ދިޔަ މޮރޮކޯގެ އަންހެނަކު މަރުވި ކަމަށް ޑޮކްޓަރުން ނިންމުން އާއިލާ އިން އޭނާ ވަޅުލަން އުޅެނިކޮށް ހޭ އަރައިފި އެވެ.

މޮރޮކޯގެ ނޫސްތަކާ ހަވާލާދީ "އެމިރޭޓްސް 24" ނޫހުން ބުނީ މަރުވެފައިވާ ކަމަށް ހީކޮށް ވަޅުލަނިކޮށް ހޭ އެރުމުން އަންހެން މީހާ ފުރަތަމަ ހަރަކާތްކޮށްލި ކަމަށެވެ. އަދި އެއަށް ފަހު އޭނާ ހަޅޭއްލަވަން ފެށިކަމަށާއި އެއާ އެކު ޖަނާޒާއަށް ގޮސް ތިބި މީހުން ބިރުން ދުއްވައިގަތުމުގެ ސަބަބުން ފިތިބާރުވުމުގެ ހާދިސާއެއް ވެސް ހިނގި ކަމަށް ނޫހުގައިވެ އެވެ.

އަންހެންމީހާ ހޭ އަރައި ހަޅޭއްލަވަން ފެށުމުން އާއިލާ އިން ވަނީ އޭނާ އަލުން ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

މޮރޮކޯ އަންހެންމީމާ މަރުވެއްޖެ ކަމަށް ނިންމި ޑޮކްޓަރުންގެ މައްސަލަ އެގައުމުގެ ސަރުކާރުން ބެލި ކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގެ އެވެ.

މަރު ނުވަނީސް މަރުވި ކަމަށް ޑޮކްޓަރުންނަށް ނިންމޭ ގޮތް މެދުވެރިވުމަކީ އެހާ އާއްމު ނޫނަސް ހިނގަމުން އަންނަ ކަމެކެވެ. އަވަށްޓެރި އިންޑިއާގައި ވެސް އެފަދަ ހާދިސާއެއް ދާދި ފަހުން ހިނގާފައިވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް