ޕްރޮފެސަރު އުގެއިލްގެ "ސިއްހީ ހަދިޔާ"އަށް ބޮޑު ތަރުހީބެއް

" ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުންނާނީ ކިހިނެއް؟" އެމައުލޫއަށް ޕްރޮފެސަރު ހަސަން އުގައިލް ލިޔެފައިވާ ސިއްހީ ފޮތް އިފްތިތާހު ކުރުމުގެ ތެރެއިން -- ސަންފޮޓޯ -- ޔޫސުފް ސޮފްއާން

ޕްރޮފެސަރު ހަސަން އުގައިލް ސިއްހީ ގޮތުން ވިސްނަންވީ ބައެއް ކަންކަން ހިމަނައިގެން " ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުންނާނީ ކިހިނެއް؟" އެ މައުލޫއަށް ލިޔެފައިވާ ސިއްހީ ހަދިޔާ ފޮތަށް އާންމުންގެ ގިނަ ބަޔެއްގެ ތަރުހީބު ލިބެމުން އެބަދެ އެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ފޮތް ނެރުނު ވަގުތުން ފެށިގެން އެ ފޮތް އާންމުންނަށް ދޫކުރަމުންދާއިރު، ފޮތް ހޯދުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ކިޔުގައި ޖެހިފަ އެވެ. މައުލޫމާތު ލިބިފައިވާގޮތުން މިރޭ ދަރުބާރު ގެއިން ދޫކުރާގޮތަށް ހަމަޖެހިފައި ވަނީ 1000 ކޮޕީ އެވެ.

ޖެނުވަރީ 9، 2016: ޕްރޮފެސަރު އުގޭލް ގެ "ސިއްހީ ހަދިޔާ" އާންމުންނަށް ދޫކުރަނީ: ފޮތް ދޫކުރަނީ ހިލޭ --- ސަން ފޮޓޯ/ ޔޫސުފް ސފްވާން

ޕްރޮފެސަރު އުގައިލްގެ އަމިއްލަ ދިރާސާ އާއި ތަޖުރިބާގެ މައްޗަށް ލިޔެފައިވާ އެ ފޮތުގައި އަލި އަޅުވާލެވިފައި ވަނީ ދުޅަހެޔޮ ސިއްހަތަކަށް އިންސާނާގެ ދިރިއުޅުން ބައްޓަން ކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުންނެވެ.

"ދިވެހިންނަށް ދިމާވާ ސިއްހީ މައްސަލަތަކުގެ ސާފުސީދާ މައުލޫމާތު ސައިންސްވެރިންގެ ފަހުގެ ދިރާސާތަކާއެކު މި ފޮރުގައި ހިމެނިފައިވާނެ. ދުޅަހެޔޮ ސިއްހަތަކަށް ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް ފަސޭހައިން ކުރެވިދާނެ ކަނތައްތައް މިފޮތުގައިބަޔާން ކޮށްފައިވޭ،" ޕްރޮފެސަރު ހަސަން އުގައިލް ވިދާޅުވި އެވެ.

ޖެނުވަރީ 9، 2016: ޕްރޮފެސަރު އުގޭލް ގެ "ސިއްހީ ހަދިޔާ" ހޯދުމަށް ގިނަ ބަޔަކު ކިއުގައި: ފޮތް ދޫކުރަނީ ހިލޭ --- ސަން ފޮޓޯ/ ޔޫސުފް ސފްވާން

ފޮތް އިފްތިތާހު ކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާޓުގައި ފޮތް އިފްތިތާހު ކޮށްދެއްވީ ސިއްހީ ދާއިރާއަށް ގިނަ ދުވަސްތަކެއްވަންދެއް ހިދުމަތްކޮށްދެއްވާފައިވާ މުހައްމަދު ޒަކަރިއްޔާ އެވެ. ފޮތުގައި ގިނަ އަދަދެއްގެ ބައްޔާ ބެހޭ ގޮތުން މައުލޫމާތުތަކެއް ވަނީ ހިމެނިފަ އެވެ. ދެބަޔަކަށް ބަހާލެވިފައިވާ އެފޮތުގައި ދިވެހިންނަށް ދިމާވާ އާންމު މައްސަލަތަކުގެ މައުލޫމާތު ހިމަނާފައިވެ އެވެ.

ދިވެހިންނަށް ދިމާވާ އާންމު ސިއްހީ މައްސަލަތައް

  • ހަކުރު ބަލި
  • ހިތުގެ ދުޅަހެޔޮކަން
  • ކިޑްނީގެ މަސައްކަތް
  • ކެނސަރު
  • ހަޖަމު ކުރުމުގެ ނިޒާމު
  • ނަފްސާނީ ދުޅަހެޔޮކަން

ޖެނުވަރީ 9، 2016: ޕްރޮފެސަރު އުގޭލް ގެ "ސިއްހީ ހަދިޔާ" އިފްތިތާހު ކުރުމައް ބޭއްވި ހަފްލާގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސފްވާން

ދުޅަހެޔޮ ސިއްހަތަކަށް ދިރިއުޅުން ބައްޓަން ކުރާނެ ގޮތުގެ މައުލޫމާތު ފޮތުގެ ދެވަނަ ބައިގައި ހިމަނާފައިވެ އެވެ. އެގޮތުން ކެއުމުގެ ވައްޓަފާޅި ބަހައްޓަން ޖެހޭ ގޮތާއި، ހަށިގަނޑުގެ ބަރުދަން ރަނގަޅުވަރުގައި ހިފަހައްޓާނެ ގޮތާއި ސިއްހަތަށް އެންމެ ފައިދާހުރި ދިވެހި ކާނާ އާއި އެތަކެތި ތައްޔާރުކުރާނެ ގޮތް ހިމާނާފައިވެ އެވެ. އޭގެ އިތުރުން ހެލިފެލިވެ އުޅުމާއި ކަސްރަތު ކުރުން އަދި ނިދުމާއި ސިކުނޑީގެ ދުޅަހެޔޮކަމުގެ އިތުރުން ވިހަ މާއްދާތަކުން ހަށިގަނޑު ރައްކާތެރި ކުރުން އަދި ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުއްނާނެ ގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދީފައިވެ އެވެ.

ޕްރޮފެސަރު އުގައިލް ވިދާޅުވީ އެންމެ ފުރަތަމަ ސިއްހަތާމެދު ފިކުރުކޮށްލެވުނީ ލޭ މައްޗަށް ދިއުމުގެ މައްސަލަ ދިމާވި ފަހުން ކަމަށެވެ. އޭގެ ފަހުން ލިބޭ ހުސްވަގުތުތަކުގައި އިންސާނަކު ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކައިބޮއި އުޅެންޖެހޭ ގޮތުގެ ތަފާތު ދިރާސާތައް ކުރަންފެށި ކަމަށް އުގައިލް ވިދާޅުވި އެވެ.

comment ކޮމެންޓް