އިޓަލީ އާއި ބެލްޖިއަމް އެއް ގުރޫޕަކަށް ހިމެނި ޔޫރޯގެ ގުރުއަތުލުން ބާއްވައިފި

އަންނަ އަހަރު ފްރާންސްގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރުއަތު ލުމުގެ ރަސްމިއްޔާތު ތެރެއިން --- ފޮޓޯ:އޭޕީ

އަންނަ އަހަރު ފްރާންސްގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިޓަލީ، ބެލްޖިއަމް، އަޔަލެންޑް އަދި ސްވިޑަން އެއް ގްރޫޕެއްގައި ލައްވާލައިފި އެވެ.

ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި މި ވަގުތު އޮތް ބެލްޖިއަމް އާއި އިޓަލީއާއެކު، ގުރޫޕް އީގައި ދެން އޮތީ ސްވިޑަން އާއި ރިޕަބްލިކް އޮފް އަޔަލޭންޑެވެ.

ފްރާންސްގެ ޕެރިހުގައި ރޭ ގުރުލުން ބޭއްވިއިރު ޖުމްލަކޮށް ބަލާއިރު ހުރިހާ ގްރޫޕެއް ވެސް ވަރަށް ހަމަހަމަ އެވެ.

އަންނަ އަހަރު ފްރާންސްގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރުއަތު ލުމުގެ ރަސްމިއްޔާތު ތެރެއިން --- ފޮޓޯ:އޭޕީ

ޔޫރޯ 2016 ގައި ކޮލިފައިވި 24 ޓީމުގެ މެދުގައި ގުރުއަތުލެވިފައިވާ ގޮތް:
ގްރޫޕް އޭ: ފްރާންސް، ރުމޭނިއާ، އަލްބޭނިއާ، ސްވިޒަލެންޑް
ގްރޫޕް ބީ: އިންގްލެންޑް، ރަޝިޔާ، ވޭލްސް، ސްލޮވޭކިއާ
ގްރޫޕް ސީ: ޖާމަން، ޔުކުރެއިން، ޕޯލަންޑް، ނޮދަން އަޔަލެންޑް
ގްރޫޕް ޑީ: ސްޕެއިން، ޗެކްރިޕަބްލިކް. ތުރުކީ، .ކްރޮއޭޝިއާ
ގްރޫޕް އީ: ބެލްޖިއަމް، އިޓަލީ، ރިޕަބްލިކް އޮފް އަޔަލެންޑް، ސްވިޑަން
ގްރޫޕް އެފް: ޕޯޗުގަލް، އައިސްލެންޑް، އޮސްޓްރިއާ، ހަންގޭރީ

އަންނަ އަހަރު ޖޫން 10 އިން ޖުލައި 10 ގެ ނިޔަލަށް ފްރާންސްގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވި 24 ޓީމުގެ ގުރުއަތުލުމުގެ ރަސްމިއްޔާތުގައި ދުނިޔޭގެ ނަން މަސްހޫރު ކޯޗުންނާއި ކުޅުންތެރިން ބައިވެރި ވިއެވެ.

ޖުމުލަ 24 ޓީމާއި އެކު އެ މުބާރާތް ފަށާނީ އަންނަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ. އެ މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ޖުލައި މަހުގެ 10 ވަނަ ދުވަހު އެވެ.

comment ކޮމެންޓް