ބިޔަރު ދަޅު ކޭހަކާ އެކު ހުޅުމާލެއިން ޒުވާނަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ބިޔަރު ދަޅުކޭހަކާއެކު އުމުރުން 19 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ކަންނެލި ޖެޓީ ސަރަހައްދުން މިދިޔަ ހޯމަދުވަހުގެރޭ 8:00 ހާއިރު ކަމަށެވެ.
ހުޅުމާލޭ ޕެޓްރޯލު ކުރަމުން ދިޔަ ފުލުހުން އެމީހާ ހައްޔަރުކޮށްފައިވަނީ ސައިކަލަކަށް ބިޔަރު ކޭހެއް އަރުވާތަން ފެނިގެން ކަމަށް ފުލުހުން ބުންޏެވެ. އަދި އެމީހާގެ މައްސަލަ ތަހުގީގުކުރަމުން ދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ފަސް ދުވަސް ޖަހާފައިވާ ކަމަށެވެ.