ރަޒީންގެ މަރުގެ މައްސަލާގައި ލަންކާއިން ދިވެއްސަކު ހައްޔަރުކޮށްފި

ލަންކާ ފުލުހުން މަރުވެފައިވާ މީހާގެ ހަށިގަނޑުކައިރީ ހަރަކާތްތެރިވަނީ -- ފޮޓޯ: ޑެއިލީމިރާ

ހ. ހަންޑްރެޑް ފްލާވާ ހުސައިން ރަޒީން މަރާލި މައްސަލައާ ގުޅިގެން ސްރީލަންކާއިން ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ބަޔާނެއްގައި ވަނީ ރަޒީންގެ މަރުގެ މައްސަލާގައި ލަންކާއިން ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކާކުކަމެއް އަދި އެކަމުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ،

އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ސްރީލަންކާގެ ތަހުގީގު ޓީމާ އެކު މަސައްކަތް ކުރުމަށް ދިވެހި ފުލުހުންގެ ޓީމެއް ލަންކާގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ލަންކާގެ ޑެއިލީމިރާގައި އެގައުމުގެ ފުލުހުންނާ ހަވާލާދީ ބުނެފައިވާ ގޮތުން ކަރުގައި ޒަހަމްތަކަކާ މަރުވެފައި އޮއްވައި ރަޒީން ފެނިފައި ވަނީ މިމަހުގެ ފަސް ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޕިލިއަންދަލާގެ ތަމްބޯވިލާ ބްރިޖް ކައިރީގައިވާ ދަނޑެއްގެ ތެރެއަށް އެއްލާލާފައި ވަނިކޮށެވެ.

އޭނާ މަރުވެފައި އޮތް ސަރަހައްދުން ދެ ރަންފަށާއި ތަޅުދަނޑިތަކެއް ފެނިފައި ވާކަމަށް ވެސް ފުލުހުންނާ ހަވާލާދީ ޑެއިލީމިރާގައި ވެއެވެ.

comment ކޮމެންޓް