ބޮޑުވަޒީރު މޯދީގެ މައްޗަށް ޝާހްރުކް ޚާން ކުރި ހޯދައިފި!؟

ބޮލީވުޑްގެ ސުޕަސްޓާރު ޝާޚްރުކް ޚާން (ކ) އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ (ވ) -- ފޮޓޯ: ވަންއިންޑިއާ

ނިއުދިއްލީ (ނޮވެމްބަރު 7): އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މައްޗަށް ބޮލީވުޑްގެ ސްޕަސްޓާރު ޝާޚުރުކް ޚާން ޓްވިޓާގައި ކުރި ހޯދައިފި އެވެ. މިހާރު އިންޑިއާގައި ދެ ވަނައަށް އެންމެ ގިނަ މީހުން ޓްވިޓާގައި ފޮލޯކުރަނީ ޝާޚް ރުކް ޚާން އަށެވެ.

'އިންޓޮލަރެންސް އިން އިންޑިއާ'އާ ގުޅޭގޮތުން ބޮލީވުޑްގެ ސުޕަސްޓާ ކޮށްފައިވާ ކޮމެންޓަކާ ގުޅިގެން އާންމުގެ ތެރޭގައި ހިޔާލުތަފާތުވުންތައް އުފެދިވައިވާ ދަނޑިވަޅުގައި މައިކްރޯ ބްލޮގިން ޕްލެޓްފޯމް ޓްވިޓާގައި އޭނާއަށް ފޮލޯކުރާ މީހުންގެ އަދަދު ވަނީ ހަލުއި ދުވެލީގައިގޮސް 16 މިލިއަނަށް އަރައިފަ އެވެ.

ޓުވިޓާ އިންޑިއާގައި އެންމެ ގިނަ ބަޔަކު ފޮލޯ ކުރަނީ ބޮލީވުޑްގެ މެގަސްޓާރު އަމީތާބު ބައްޗަންއަށެވެ. އޭނާއަށް ފޮލޯކުރާ މީހުންގެ އަދަދު 17.6 މިލިއަނަށް އަރައެވެ. ކުރިން ދެވަނައަށް އެންމެ ގިނަ ބަޔަކު ފޮލޯކުރަމުން އައި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފޮލޯކުރާ މީހުންގެ އަދަދު އުޅެނީ 15.9 މިލިއަންގަ އެވެ. އެހެންކަމުން ބޮޑުވަޒީރު މިހާރު ވަނީ ތިންވަނައަށް ވެއްޓިފައެވެ.

ޝާޚްރުކް ޚާން ޓްވިޓާއަށް ޖޮއިންކުރީ 3 ޖެނުއަރީ 2010ގައެވެ. އޭގެ ފަހު އޭނާ ފާހަގަކުރެވިފައި ވަނީ، ބޮލީވުޑްގެ ތަރީންގެ ތެރޭން ޓްވިޓާގައި އެންމެ ހަރަކާތްތެރި ފާންނާނުގެ ގޮތުގަ އެވެ. އެގޮތުން ޝާޚްރުކް ދަނީ، އޭނާގެ ޓްވިޓާ އެކައުންޓު މެދުވެރިކޮށް އޭނާގެ ފިލްމީ ހަނދާތަކާއި އަމިއްލަ ދިރިއުޅުމާއި ޝާއިރީ އުފެއްދުންތައް ވެސް އޭނާގެ ޓްވިޓާ ފޭނުންނާ ހިއްސާކުރަމުންނެވެ.

މިދިޔަ ހަފްތާގައި އުމުރުން 50 އަހަރު ފުރުނު ޝާޚްރުކް ޚާންގެ އުފަންދު ވަސް ފާހަގަކުރުމުގެ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އޭނާގެ ފޭނުން ވަނީ، އެމީހުންގެ ހިތުގައި ޝާޚްގެ މައްޗަށް އޮތް ލޯތްބާއި އިހްތިރާމް ޓްވިޓާ މެދުވެރިކޮށް އޭނާއަށް ފޮނުވައިފައެވެ.

comment ކޮމެންޓް