ޕާކިސްތާނުގެ އާ ސަފީރު ފޮރިން މިނިސްޓަރު ދުންޔާއާ ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ސަފީރު ވައިސް އެޑްމިރަލް ރިޓަޔާޑް ސައްޔިދު ޚަވާރު އަލީ އާ ބައްދަލުކުރައްވަނީ. ފޮޓޯ: ފޮރިން މިނިސްޓްރީ

ޕާކިސްތާނުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ވައިސް އެޑްމިރަލް ރިޓަޔާޑް ސައްޔިދު ޚަވާރު އަލީ ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާ ބައްދަލުކުރައްވައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ އެމިނިސްޓްރީގައި ބުރާސްފަތި ދުވަހު ދެބޭފުޅުން ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ފުޅާކޮށް، ބަދަހި ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.

ދުންޔާއާ ބައްދަލުކުރައްވައި ޢަލީ ދެއްކެވި ވާހަކަފުޅުގައި ދެގައުމަށް ފައިދާ ހުރި ދާއިރާތަކުން އެއްބާރުލުން އިތުރު ކުރުމަށް ޓަކައި ދިވެހި ސަރުކާރާ ގާތުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. އަދި ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމު ޢަލީއަށް ލިބިވަޑައިގެންނެވުމުން ދުންޔާ އޭނާއަށް މަރުހަބާ ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު ދުންޔާ އާ ބައްދަލުކުރެއްވުމުގެ ކުރިން ޕާކިސްތާނު ސަފީރު ވަނީ ރައީސް އޮފީހަށް ވަޑައިގެން އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ޢަބުދުލް ޤައްޔޫމަށް ހުށަހަޅުއްވާފަ އެވެ. ރާއްޖެ އާއި ޕާކިސްތާނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން ރައީސް ޔާމީނާއި ޕާކިސްތާނުގެ ސަފީރު، އެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި އެވެ.

comment ކޮމެންޓް