ގެއްލުމުގެ ބަދަލަށް ފަސް މިލިއަން ރުފިޔާ ހޯދަން އަބްދުﷲ ގާޒީ ދައުވާކޮށްފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު --- ސަން ފއިލް ފޮޓޯ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ގާނޫނާ ޚިލާފަށް ހައްޔރުކުރުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ފަސް މިލިއަން ރުފިޔާ ހޯދަން ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ދައުވާ ކުރައްވައިފި އެވެ.

ދައުލަތާ ދެކޮޅަށް އުފުލާފައިވާ އެ ދައުވާގެ ފުރަތަމަ އަޑުއެހުން މިއަދު 1:30 ގައި ސިވިލް ކޯޓުގައި ވަނީ ތާވަލްކޮށްފަ އެވެ.

އެ މައްސަލައިގެ ތަފްސީލެއް އަދި ނުލިބެއެވެ.

ރައީސް ނަޝީދުގެ އޯޑަރަށް ސިފައިން އަބްދުﷲ ގާޒީ ހައްޔަރުކުރުމުން ސުޕްރީމް ކޯޓުން އޭނާ ދޫކޮށްލަން އަމުރުކުރުމުން ވެސް ސިފައިންގެ ރަށެއް ކަމަށްވާ ކ. ގިރިފުށީގައި 21 ދުވަސް ވަންދެން އަބްދުﷲ ގާޒީ ހައްޔަރުކޮށްގެން ވަނީ ގެންގުޅެފައެވެ.

އެ މައްސަލާގައި ރައީސް ނަޝީދު މިހާރު އަންނަނީ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އަދި އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނު ވެސް އަންނަނީ އެ މައްސަލާގައި 10 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.

comment ކޮމެންޓް