ބިންލާދިންގެ ކުރީގެ ލެފްޓިނެންޓެއް ސީރިއާ ހަނގުރާމައިގައި މަރުވެއްޖެ

ސީރިއާގެ އިދްލީބު ޕްރޮވިންސްގައި ހަރަކާތްތެރިވާ އަލް ގައިދާގެ އައް-ނުސްރާ ފްރޮންޓުގެ ހަނގުރާމަވެރީންތަކެއް -- ރޮއިޓާސް ފޮޓޯ: އަލް އަރަބިއާ

ސީރިއާގެ ސަރުކާރާ އެއްކޮޅު ހަނގުރާމަވެރީންނާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި އަލްގައިދާގެ ލީޑަރު އުސާމާ ބިން ލާދިންގެ ކުރީގެ ލެފްޓިނެންޓެއް ކަމަށްވާ އަބުލް ހަސަން އަލް ތުންސީ މަރުވެއްޖެ އެވެ.

ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްގެ ޑިރެކްޓާ ރަމީ އަބްދުލް އަހްމާން ވިދާޅުވީ، "އައް-ނުސްރާ ފްރޮންޓްގެ މުހިއްމު ލީޑަރެއް ކަމަށްވާ، އަބުލް ހަސަން އަލް ތުންސީ މަރުވެފައި ވަނީ، އިދްލީބު ޕްރޮވިންސްގެ ޝިއައީ ވިލެޖެއް ކަމަށްވާ ފުއާއާއި ކަފްރަޔާގައި މިދިޔަ ހުކުރު ދުވަހު ސަރުކާރާ ދެކޮޅު ހަނގުރާމަވެރީންނާއި ސަރުކާރަށް ވަފާތެރި ހަނގުރާމަވެރީންނާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި،" ކަމަށެވެ.

އަބްދުލް ރަހްމާން ވިދާޅު، މިހާރު އުމުރުން 60ގެ އަހަރުތައް ގުނަމުންދާ ތުންސީ ސީރިއާއަށް އައީ 2012 ވަނަ އަހަރު ކަމަށެވެ.

އަބުލް ހަސަން އަލް ތުންސީ އަކީ، ބިން ލާދީންގެ ދުވަސްވަރު އިރާގާއި އަފްގާނިސްތާންގައި އަލްގައިދާއިން ކުރި ހަނގުރާމަތަކުގައި ބިން ލާދީންގެ އެންމެ އަރިހުގައި އުޅުނު އެ ޖަމާއަތުގެ މަތީ ރޭކްކުގެ ލީޑަރެކެވެ.

comment ކޮމެންޓް