ޖަސްޓިސް ބިލްޑިންގެ ބައެއް ކުޑަ ދޮރުތަކުގައި ފެންސު ޖަހައިފި

ޖަސްޓިސް ބިލްޑިންގު ގެ ކުޑަދޮރުތަކުގައި ފެންސު ޖަހާފައި: ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ހިލާލީގެއާ ދިމާލަށް ހުރި ޖަސްޓިސް ބިލްޑިންގުގެ ކުޑަ ދޮރުތަކުގައި ފެންސު ޖަހައިފި އެވެ.

ޖަސްޓިސް ބިލްޑިންގުގެ ކުޑަދޮރުތަކުގައި ފެންސު ޖަހަން ފަށާފައި ވަނީ އިއްޔެ އެވެ. ފެންސު ޖަހާފައި ވަނީ ހަމައެކަނި ހިލާލީގެ ފެންނަން ހުރި ކުޑަދޮރުތަކުގަ އެވެ.

ހިލާލީ ގޭގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބު އަބްދުލް ޣަފޫރު ނޫޅުއްވި ކަމުގައި ވިއަސް އެ ގެކޮޅަކީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކުރައްވާ ބޭފުޅެއްގެ ރަސްމީ ގެކޮޅެވެ.

ހިލާލީގެ ފެންނަ ގޮތަށް ހުރި ޖަސްޓިސް ބިލްޑިންގު ގެ ކުޑަދޮރުތަކުގައި ފެންސު ޖަހާފައި: ސަން ފޮޓޯ/ ޔޫސުފް ސޮފްވަން

ހިލާލީގެ ފެންނަ ގޮތަށް ހުންނަ ޖަސްޓިސް ބިލްޑިންގުގެ ކުޑަރޮރުތަކުގައި ފެންސު ޖަހާފައިވާ އިރު މީގެ މަހެއްހާ ދުވަސް ކުރިން އެމްއެންޑީއެފް އިން ވަނީ ހިލާލީގެ މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފަ އެވެ. ނަމަވެސް އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ފޯނަށް ޖަވާބު ނުދެއްވާތީ އެ މަސައްކަތް ނިމުނު ކަމެއް ނޭނގެ އެވެ.

އެ ގެކޮޅުގައި ކުރީގެ ދެ ނައިބު ރައީސުން ދިރިއުޅުއްވި އެވެ.

ހިލާލީގެއަކީ ނައިބު ރައީސުންނަށް ހާއްސަ ގެއެއް ނަމަވެސް މީގެ ކުރިން އެމްޑީޕީ ސަރުކާރުގެ ނައިބު ރައީސް ކަމުން ފެށިގެން ރައީސުލްޖުމްހޫރިއްޔާކަން ލިބި، ދައުރު ނިމެންދެން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ އެގޭގައި ދިރިއުޅުއްވާފަ އެވެ. ޑރ. ވަހީދަކީ ހިލާލީގޭގައި ދިރިއުޅުއްވި ފުރަތަމަ ރައީސެވެ. ހަމައެއާ އެކު މަގާމުން ދުރުކުރެއްވި މި ސަރުކާރުގެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް ދިރިއުޅުއްވި ގެކޮޅަކީ ހިލާލީގެ އެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު