ނައިބު ރައީސް ހިލާލީގެއަށް ބަދަލުވެވަޑައިގެންފި

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، ރަސްމީ ގެކޮޅު ހިލާލީގެއަށް ބަދަލުވެވަޑައިގެންފިއެވެ.

އެމަނިކުފާނު ހިލާލީގެއަށް ބަދަލުވެވަޑައިގަތީ އިއްޔެ މެންދުރު ފަހުއެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހު މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގަތުމަށް ފަހު ނައިބު ރައީސް ހިލާލީގެއަށް ދިރިއުޅުން ބަދަލުނުކުރައްވައި ހުންނެވީ ހިލާލީގެ މަރާމާތު ކުރުމުގެ މަސައްކަތް ކުރާތީއެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނުގެ ރަސްމީ ގެކޮޅު، މުލިއާގެ ވެސް މަރާމާތު ކުރައްވާފައެވެ. ރައީސް މުލިއާގެއަށް ބަދަލުވެވަޑައިގަތީ ފެބްރުއަރީ މަހުއެވެ.

ހިލާލީގެއަކީ ނައިބު ރައީސުން ދިރިއުޅެން ޚާއްސަކޮށްފައިވާ ގެކޮޅެވެ.

މިދިޔަ ސަރުކާރުގައި އޭރުގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ދިރިއުޅުއްވީ ހީލާލީގޭގައެވެ.

comment ކޮމެންޓް