ކުޅިވަރު ބަލަން ދަނޑަށް ނުވަދެވުނު މީހުންގެ ކިބައިން މާފަށް އެދެން: އުމަރު

ޖޫން 23، 2015: ޕޮލިސް މެމޯރިއަލް ޑޭ ފާހަަގަކުރުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ފަޔާޒު މޫސާ

މިނިވަން 50 އާ ގުޅިގެން ގައުމީ ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާ "ހެވިކަމާ ކުޅިވަރު" ބަލާލުމަށް ދައުވަތު ކާޑު ހިފައިގެންނާއި ފާސް ހިފައިގެން ގޮސް ދަނޑަށް ނުވަދެވުނު މީހުންގެ ކިބައިން ހޯމް މިނިސްޓަރު މާފަށް އެދިވަޑައިގެންފި އެވެ.

ދަނޑުގައި ހުއްނަވައި ހޯމް މިނިސްޓަރު އުމަރު ނަސީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަނޑަށް ނުވަދެވުނު ހުރިހާ ފަރާތްތަކުގެ ކިބައިން މާފަށް އެދިވަޑައިގަންނަވާ ކަމަށާއި ދަނޑު މިހާރު އޮތީ ފުރިފައި ކަމަށެވެ. އަދި އެތެރޭގައި އެއްވެސް ޖާގައެއް ނެތް ކަމަށް އުމަރު ވިދާޅުވި އެވެ.

ދަނޑަށް ނުވަދެވި ތިބި ބައެއް މީހުންގެ ތެރޭގައި ދައުލަތުން ދައުވަތު ދެއްވައިގެން ވަޑައިގެންނެވި ބައެއް ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެ ބޭފުޅުންނަށް ދަނޑަށް ނުވަދެވުނީ 9:00 ގެ ފަހުން ގޭޓުތައް ލެއްޕުމުންނެވެ.

ދަނޑު ބޭރުގައި ތިބެ ފާސްހިފައިގެން ދިޔަ ފަރާތްތަކާއި ދައުލަތުން ދައުވަތު ދެއްވައިގެން ވަޑައިގެންނެވި ބައެއް ފަރާތްތަކުން ދަނީ ޝަކުވާ ކުރަމުންނެވެ.

"7:45 ވީ އިރު ކިއުގައި ޖެހެފިން،މިތަނަށް އައިމަ އެ ބުނީ ދެން ނުވަދެވޭނެ އޭ،" ދައުލަތުން ދައުވަތު ދެއްވައިގެން ވަޑައިގެން ހުއްނެވި އޮފީހެއްގެ އިސްވެރިއަކު ވިދާޅުވި އެވެ.

comment ކޮމެންޓް