ސަން ބަދިގެ: ބްރެޑް ރޯލްސް

ބޭނުންވާނެ ތަކެތި:

  • 1 ޕާން (ބޮޑު)
  • 2 ދަޅު ފެލިވަރުމަސް
  • 1 ފިޔާ (ބޮޑު)
  • 1/2 ގިތެޔޮ މިރުސް
  • 2 ސަމްސާ ބަޓަރު
  • ލޮނު ކޮޅެއް
  • އަސޭމިރުސް ކޮޅެއް

ހަދާނެގޮތް:

  • ހިމުންކޮށް ފިޔާ ކޮށުމަށްފަހު ބަޓަރުކޮޅުގައި ފިޔާ ރަތްކޮށްލާށެވެ.
  • ފިޔާ ރަތްވުމުން މިރުސްކޮޅު އަޅާ ހަނާކޮށްލުމަށްފަހު މަސް، ލޮނު އަދި އަސޭމިރުސް އަޅާ ހަނާ ކޮށްލާށެވެ.
  • ޕާންފޮތިތަކުގެ ކައިރި ކެފުމަށްފަހު، ރޮށިދަމާ ކިބާވަރު ބޭނުންކޮށްގެން ޕާންފޮތިތައް ކުޑަކޮށްދަމާލާށެވެ.
  • ކޮންމެ ޕާންފޮއްޗަކަށް ހަނާކޮށްފައި ހުރިމަސްގަނޑުން މަސްކޮޅެއް އެޅުމަށްފަހު، ރޯލް ހަދަން އޮޅާގޮތަށް ރީއްޗަށް އޮޅާލާށެވެ. އަދި ޓޫތުޕިކް ބޭނުންކޮށްގެން ހަރުކޮށްލާށެވެ. ބޭނުންނަމަ ކޮންމެ ޕާންފޮއްޗެއް އޮޅާލުމަށްފަހު ދެފަޅިއަށް ވާ ގޮތަށް ބުރިކޮށްލާށެވެ.
  • ހުރިހާ ޕާންފޮއްޗަކަށް މަސްއަޅައި، އޮޅާ ނިމުމުން ޓްރޭއެއްގައި އަތުރާލުމަށްފަހު، މަޑު މުށިކުލައެއް އަރަންދެން ބްރެޑް ރޯލްސްތައް އަވަނުން 160 ޑިގްރީ ސެޝިއަސްގައި ފިހެލާށެވެ.
comment ކޮމެންޓް