ސަން ބަދިގެ: އެގް ޕައި

ކްރަސްޓު ހެދުމަށް ބޭނުނަވާނެ ތަކެތި:

  • 1 ޖޯޑު ފުށް (ފުރާނާފައި)
  • 2 ސައިސަމުސާ ހަކުރު
  • 1/2 ސައިސަމުސާ ލޮނު
  • 1/2 ޖޯޑު އަންސޯލްޓެޑް ބަޓަރ (ކިއުބްކޮށް ކޮށާފައި)
  • 1 ބިހުގެ ގޮބޮޅި
  • 2 މޭޒުމަތީ ސަމުސާ ކިރު (ފިނިކޮށްފައި)

ފިލިންގ ހެދުމަށް ބޭނުނަވާނެ ތަކެތި:

  • 430 މލ ފުލްކްރީމް މިލްކް
  • 1 ޖޯޑު ހަކުރު
  • 1/2 1 މޭޒުމަތީ ސަމްސާ ކޯންފްލާ
  • 3 ބިސް
  • 1 ބިހުގެ ގޮބޮޅި
  • 1 ބިހުގެ ލޮނދިބައި
  • 1 ސައިސަމުސާ ވެނީލާ އެސެންސް

ހަދާނެ ގޮތް:

  1. ކްރަސްޓް ތައްޔާރުކޮށްލުމަށްޓަކައި ބޮޑު ބޯތަށްޓެއްގައި ފުށް، ހަކުރު އަދި ލޮނުއެއްކޮށްލާށެވެ. އޭގެ ތެރެއަށް ބަޓަރުކޮޅު އެއްކޮށްލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.
  2. އެހެން ތައްޓެއްގައި ބިހުގެ ގޮބޮޅިއާއި ކިރުފޮދު ފޮނުއަރާވަރަށް ގިރާލުމަށްފަހު ފުށްގަނޑުގެ ތެރެއަށް އަޅާލައި ރަނގަޅަށް މޮޑެލާށެވެ. އަދި ގުޅައަކަށް ވާ ގޮތަށް ހެދުމަށްފަހު، ވައި ނުވަންނަ ގޮތަށް ބަންދު ކޮށްފައި 2 ގަޑި އިރު ވަންދެން އައިސް އަލަމާރީގައި ފިނިކުރުމަށް ބާއްވާށެވެ.
  3. 2 ގަޑި އިރު ވުމުން ހިކި ފުށްކޮޅެއް ބޭނުން ކޮށްގެން 4/1 އިންޗި ބޯމިނަށް ފުށް ގުޅަ ވަށްކޮށް ދަމާލާށެވެ.
  4. 9 އިންޗީގެ ޕައި ޓްރޭއެއްގައި ދަމާފައިވާ ފުށްގަނޑު ރީއްޗަށް ފަތުރާލުމަށްފަހު ޓްރޭގެ ބޭރުގައި ފުށްގަނޑުގެ ބައެއްވާނަމަ ކަފާލާށެވެ. މިގޮތަށް ހެދުމަށްފަހު ޕައިގެ އެތެރެއަށް އަޅަންވީ ފިލިންގ ތައްޔާރު ކުރެވެންދެން އައިސް އަލަމާރީގައި ޓްރޭ ބަހައްޓާށެވެ.
  5. 350 ޑިގްރީ ފެރެންހެއިޓަށް އަވަން ހޫނުކުރަން ސެޓްކޮށްލާށެވެ.
  6. ތަވައަކަށް ފުލްކްރީމް މިލްކް އެޅުމަށްފަހު ތަވާގެ ކައިރިފަށުން ކުދި ބޮކި އަރާވަރަށް މަޑު ގިނީގައި ހޫނު ކޮށްލާށެވެ.
  7. ކިރު ހޫނުވަމުން ދާއިރު، ބޮޑު ބޯތަށްޓަކަށް ކޯން ފްލާ އާއި ހަކުރު އެޅުމަށް ފަހު އެއްކޮށްލާށެވެ. އަދި އެސެންސް، ބިސް، އަދި ބިހުގެ ގޮބޮޅި ވެސް އަޅައި، ރަނގަޅަށް އެއްކޮށްލާށެވެ. އަދި މީގެ ތެރެއަށް ހޫނުކުރި ކިރުފޮދު ވެސް ހަލަމުން މަޑުމަޑުން އަޅާލާށެވެ.
  8. ވަކިން އޮތް ބިހުގެ ލޮނދިބައި ގަދައަށް ފޮނުއަރަންދެން ގިރާލުމަށްފަހު ތައްޔާރު ކޮށްފައިވާ މިކްޗަރގެ އެތެރެއަށް އެޅުމަށްފަހު މަޑުމަޑުން ގިރާލާށެވެ.
  9. ތައްޔާރުކޮށްފައިވާ ޕައިޓްރޭ އައިސްއަލަމާރިން ނެގުމަށްފަހު، އޭގެތެރެއަށް ކިރާއި ކޯންފްލާ މިކްސްޗަރ އަޅާލާށެވެ. އަދި ހޫނު ވެފައިވާ އަވަނަށް ލުމަށްފަހު 60 – 50 މިނެޓް ވަންދެން ނުވަތަ މައްޗަށް މުށިކުލަ އަރަންދެން ފިހެލާށެވެ.
  10. ރަނގަޅަށް ފިހެވުމުން ހިހޫ ކުރުމަށްފަހު، ކެއުމުގެ ކުރިން އައިސްއަލަމާރީގައި ބަހައްޓައިގެން ފިނިކޮށްލާށެވެ.

-- މައުލޫމާތު: ޔަމީ އީޒީމީލްސް އެވްރިޑޭ

comment ކޮމެންޓް