ބ. މާޅޮހު ކައުންސިލުން ރޯދަ ހަދިޔާގެ ގޮތުގައި އެރަށުގެ ކޮންމެ ގެއަކަށް ބިސް ޓްރޭއެއް ބަހައިފި އެވެ.
އާބާދީގައި 680 މީހުން ދިރިއުޅޭ އެރަށުގައި 94 ގެ ހުންނައިރު ކޮންމެ ގެއަކަށް 30 ބިހުގެ ރޭޓުން ބިސް ޓްރޭއެއް ބަހާފައިވާ ކަމަށް އެރަށު ކައުންސިލްގެ ރައީސް އަބްދުﷲ ސުޖާއު މިއަދު ސަން އަށް ވިދާޅުވި އެވެ.
"މިއީ މިހާރު އޮތް ކައުންސިލުން ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ހަދިޔާއެއް ދިނުމުގެ ގޮތުން ކުރިއަށްގެންދާކަމެއް. މިއަހަރު އަޅުގަނޑުމެން މިބެހީ ކޮންމެ ގެއަކަށް 30 ބިހުގެ މަގުން ބިސްޓްރޭއެއް،" ސުޖާއު ވިދާޅުވި އެވެ.

މިދިޔަ އަހަރު ވަނީ ކޮންމެ ގެއަކަށް 15 އޮރެންޖް ބަހައިފައެވެ. އެތަކެތި ބަހަނީ އެރަށު ކައުންސިލަރުންގެ އަމިއްލަ ހަރަދުގައެވެ.
ބައެއް ކައުންސިލްތަކުުން ދަނީ ރޯދަ މަހު އެރަށްރަށުގެ ރައްޔިތުންނަށް ތަފާތު އެހީތައް ފޯރުކޮށްދެމުންވެ. އެގޮތުން މި ރޯދަމަހު އއ. ބޮޑުފުޅަދޫ ކޮންމެ ގެއެއްގެ ކަރަންޓު ބިލްގެ ދެބައިކުޅަ އެއްބައި އެރަށު ކައުންސިލުން ދައްކައިދޭން ވަނީ ނިންމައިފައެވެ.
ކައުންސިލަރުން ރައްޔިތުންނަށް ރޯދަ ހަދިޔާ ދޭއިރު މަޖިލިސް މެމްބަރުންވެސް ދަނީ އެ ދާއިރާގެ ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ތަފާތު ތަކެތި ބަހަމުންނެވެ.
comment ޙަފުޞާ
10 year 10 month ago
ބަލަގަ އެމީހުން އެތަކެތި އެ ބަހަނީ އެމީހުންގެ އަމިއްލަ ޚަރަދުގަޔޭ! ބިސްމަނިކު މެންނަކަށް ހެޔޮ ގޮތެއް ނެތެންނު؟
comment ބިސް މަނިކުބެއްޔާ
10 year 10 month ago
މި ދޯ ރައްޔިތުންނަށް ޚިދުމަތް ކުރާ ގޮތަކީ؟ ކުރާނެ ކަމެއް ނެތިގެން ގޭގޭގެ މީހުންލާ އެއްޗެހި ދޮވެދިނުންވެސް މުސްތަގުބަލްގަ އޮންނާނެ.
reply ހމހމހމހމހ
10 year 10 month ago
ބިސްމަނިކު ބެއްޔާ ސަދަޤާތެއް ކުރެވޭކަށްވެސް ނެތެއްނު ދޯ......