މެމްބަރު މަހުލޫފާއެކު، މުޒާހަރާއިން ހައްޔަރު ކުރި އެންމެން ދޫކޮށްލައިފި

އެމްޑީޕީން ރޭ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން-- ސަން ފޮޓޯ/ އަލީ ނަސީރުެ

އެމްޑީޕީން އިސް ނަގައިގެން އަދާލަތު ޕާޓީއާ ގުޅިގެން ރޭ މާލޭގައި ބޭއްވި މުޒާހަރާއިން ހައްޔަރު ކުރި 11 މީހުންނާއެކު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވެސް ދޫކޮށްލައިފި އެވެ.

މުޒާހަރާއިން ހައްޔަރު ކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް މިރޭ ގެންދިއުމުން ކޯޓުން އެ މީހުން ދޫކޮށްލީ ފުލުހުންނަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށްފަ އެވެ.

މަހުލޫފު ވެސް ދޫކޮށްލީ ފުލުހުންނަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށްފަ އެވެ.

މަހުލޫފު ހައްޔަރު ކުރީ ގ. ކެނެރީގޭ ސަރަހައްދުން ރޭ މެންދަމު 3:00 ޖެހިފަހުން، މުޒާހަރާގެ ބައިވެރިންނާއެކު ސަރުކާރާ ދެކޮޅަށް އަޑު އުފުލަމުންދަނިކޮށެވެ.

ފުލުހުން ބުނެފައި ވަނީ އޭނާ ހައްޔަރު ކުރީ ފުލުހުންގެ ވާޖިބަށް ހުރަސް އަޅައިން އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ކަމަށެވެ.

comment ކޮމެންޓް