އަޅުގަނޑު މަރުވެދާން ބޭނުމީ އެމްޑީޕީ މީހެއްގެ ގޮތުގައި: ނަޝީދު

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

އެމްޑީޕީ އަކީ އަބަދުވެސް އެންމެ ލޯބިވާ ޕާޓީ ކަމަށާއި އެމްޑީޕީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި މަރުވެދާން ބޭނުންނުވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިފަދައިން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ކެމްޕެއިނަށް ފ. ބިލެއްދޫއަށް ވަޑައިގެން އެ ރަށުގެ މެންބަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ބިލެއްދޫގައި ބޭއްވި މި ބައްދަލުވުމުގައި، ޗެއާޕާސަންގެ މަގާމަށް ހޮވިވަޑައިނުގެންފި ނަމަ ޕާޓީ ދޫކޮށް ދާނެތޯ މެންބަރަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، އިންތިޚާބުން ނާކާމިޔާބުވި ނަމަވެސް ޕާޓީ ދޫކޮށް ވަޑައިނުގަންނަވާނޭ ކަމަށެވެ. ނަމަވެސް އެފަދަ ހާލަތެއްގައި ދެން އޮންނަވާނީ ގޭގައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީ އަކީ އެތަކެއް ގުރުބާނީތަކެއްވެގެން ވޫޖޫދުކުރި ޕާޓީއެއް ކަމަށާއި، އެ ޕާޓީން ނެރެ އެއްލާނުލާހާ ހިނދަކު ޕާޓީގައި ދެމިހުންނަވާނޭ ކަމަށެވެ. އެމަނިކުފާނަކީ އެމްޑީޕީ ބޭފުޅެއްކަމާ މެދު އެއްވެސް ފަރާތަކުން ޝައްކު ނުކުރެއްވުމަށް އެދިވަޑައިގަންނަވަމުން ނަޝީދު ވަނީ ވަރުގަދަ މިސާލެއް ޖައްސަވާފައެވެ.

"އަޅުގަނޑު އެންމެ ލޯބިވާ ޕާޓީ އަކީ އެމްޑީޕީ. އެ ޕާޓީން ނެރެ އެއްލާނުލާހާ ހިނދަކު ހުންނާނީ ޕާޓީގަ. އަޅުގަނޑުގެ ގައިން ތަނެއް ކަނޑާލި ނަމަވެސް އަންނާނީ ރީނދޫ ލޭ. އެމްޑީޕީ މީހެއްގެ ގޮތުގައި ނޫނީ މަރުވެގެންދާކަށް ވެސް ބޭނުމެއް ނޫން،" ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިޚާބުގެ ކެމްޕެއިންގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން، މުޙައްމަދު ނަޝީދު ވަނީ އެ ޕާޓީން އެއްވެސް މެންބަރަކު ވަކިވުމަށް އެދިވަޑައިނުގަންނަވާ ކަމަށް ވެސް މީގެ ކުރިން ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ އަމާޒަކީ އެމްޑީޕީގެ މެންބަރުންގެ އަދަދު 100,000 އަށްވުރެ މައްޗަށް ގެންދިއުން ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ކެމްޕެއިނުގައި ފާފު ބިލެއްދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ އެމަނިކުފާނު ސިޔާސީ ގޮތުން ކުރިއަށް ވަޑައިގަންނަވާނެ މިސްރާބު ވަރަށް ސާފުކޮށް ވިދާޅުވެދެއްވާފައެވެ. އެގޮތުން، އެމްޑީޕީއަކީ އެމަނިކުފާނު އެންމެ ލޯބިވާ ޕާޓީކަން ފާހަގަކުރައްވައި، އެ ޕާޓީން ވަކިކޮށްނުލާހާ ހިނދަކު ޕާޓީގައި ދެމިހުންނަވާނެކަމުގެ ފުރިހަމަ ޔަގީންކަން ވަނީ ދެއްވާފައެވެ. މީގެ އިތުރުން، އެމަނިކުފާނުގެ ހަށިކޮޅުން ނުކުންނާނީ ރީނދޫ ލޭ ކަމަށް ވިދާޅުވެ، އެމްޑީޕީއަށް އޮތް ވަފާތެރިކަމާއި ލޯބި ވަނީ ވަރަށް ފުރިހަމައަށް ސާބިތުކޮށްދެއްވާފައެވެ. މި ބައްދަލުވުމުގައި، އިންތިޚާބުން ނާކާމިޔާބުވި ނަމަވެސް ޕާޓީ ދޫކޮށް ވަޑައިނުގަންނަވާނެކަމާއި، އެފަދަ ހާލަތެއްގައި ދެން ހުންނަވާނީ ގޭގައިކަން އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ. މިއީ ސިޔާސީ ގޮތުން އެމަނިކުފާނު އެހެން އެއްވެސް ޕާޓީއަކާ ނުގުޅޭނެކަން ކަށަވަރުކޮށްދޭ މުހިންމު ނިންމެވުމެކެވެ. ހަމައެހެންމެ، އެއްވެސް މެންބަރަކު ޕާޓީން ވަކިވުމަށް ނޭދޭކަމަށް ވިދާޅުވެ، ޕާޓީގެ މެންބަރުންގެ އަދަދު 100000 އަށްވުރެ މައްޗަށް ގެންދިއުމަކީ އެމަނިކުފާނުގެ އެންމެ ބޮޑު އެއް އަމާޒުކަން ވަނީ ފާހަގަކުރައްވާފައެވެ.

  • ކުރީގެ ރައީސް ނަޝީދު އެންމެ ލޯބިވާ ޕާޓީއަކީ އެމްޑީޕީކަމާއި، އެހެން ޕާޓީއަކަށް ވަޑައިނުގަންނަވާނެކަން ކަށަވަރުކޮށްދެއްވުން.
  • އެމްޑީޕީގެ ޗެއާޕާސަން ކަމަށް ހޮވިވަޑައިނުގެންނެވި ނަމަވެސް ޕާޓީގައި ދެމިހުންނަވާނެކަން ޔަގީންކޮށްދެއްވުން.
  • ޕާޓީން ވަކިކޮށްނުލާހާ ހިނދަކު ޕާޓީގައި ހުންނަވާނެކަމާއި، އަވަހާރަވާއިރުވެސް ހުންނަވާނީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައިކަން ބަޔާންކުރެއްވުން.
  • އެމްޑީޕީގެ މެންބަރުންގެ އަދަދު 100000 އަށް ވުރެ އިތުރުކުރުމަކީ އެމަނިކުފާނުގެ އެންމެ ބޮޑު އެއް އަމާޒުކަމުގައި ކަނޑައެޅުއްވުން.
comment ކޮމެންޓް