ދަރަނިން ރާއްޖެ ސަލާމަތް ކުރަން އެނގޭނީ އެމްޑީޕީއަށް، ރައީސް މުއިއްޒަކަށް އެކަމެއް ނުކުރެވޭ: ނަޝީދު

ކުރީގެ ރައީސް މުޙައްމަދު ނަޝީދު -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

ދިވެހިރާއްޖޭގެ އައު ގާނޫނު އަސާސީއާއެކު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދައުލަތުގެ ދަރަނި ކަމަށާއި، މި ދަރަނިން ގައުމު ސަލާމަތްކުރުމުގެ ވިސްނުމާއި ބުއްދި ހުރީ ހަމައެކަނި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގައި ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ކެމްޕެއިނަށް ކ. މާފުށްޓަށް ވަޑައިގެން އެ ރަށުގެ ޕާޓީ މެންބަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

https://sun.mv/222595

ނަޝީދު ވިދާޅުވީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ މިންވަރަށް ވުރެ ގައުމުގެ ދަރަނި މާ ބޮޑަށް އުފުލިފައިވާ ކަމަށެވެ. އަދި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒަށް މި ބޮޑު ދަރަނި އަދާކުރުމުގެ ގާބިލުކަން ނެތް ކަމަށް ތުހުމަތު ކުރައްވަމުން ނަޝީދު ވިދާޅުވީ، މިއަދު ގައުމު އޮތީ ބޮޑު ދަރަންޏަކުން ދަރާފައިކަމަށާއި ނަމަވެސް ރައީސް ކަމުގައި އެ ހުންނެވި ރައީސް ޑރ. މުއިއްޒަކަށް ރާއްޖޭގައި މި ބޮޑު ދަރަނި އަދައެއް ނުކުރެވޭ ކަމަށެވެ. އަދި އެކަމެއް އެމަނިކުފާނަކަށް ނުކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ދިވެހިރާއްޖެ މިއަދު އޮތީ ބޮޑު ދަރަންޏަކުން ދަރާފަ. މިކަން އަނެއްކާވެސް ކުރުމުގެ ވިސްނުމާއި ބުއްދި ހުރީ ހަމައެކަނި އެމްޑީޕީގަ. ޑރ މުއިއްޒަކަށް އެކަމެއް ނުކުރެވޭ،" ނަޝީދު ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގެ އަމާޒު ހުރީ ހަމައެކަނި ބިން ހިއްކުމާއި، ބަނދަރު ހެދުމާއި، މަގު ހެދުން ފަދަ އުމްރާނީ މަސައްކަތްތަކަށް ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ. މިފަދަ މަސައްކަތްތަކަކީ އެމްޑީޕީގެ ސަރުކާރުތަކަށް ފަރިތަ ކަންކަން ނަމަވެސް، މި ސަރުކާރުން މިހާރު މި މަސައްކަތްތައް ކުރަމުންދަނީ އެއްވެސް ރޭވުންތެރިކަމެއް ނެތި، އަވަށްޓެރި ރަށްރަށުގެ އިގްތިސާދަށް ގެއްލުންވާ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ މިސާލެއްގެ ގޮތުން ނަޝީދު ދެއްކެވީ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއެވެ. އެ މަޝްރޫއުގެ ސަބަބުން ބޭރުވާ ކިސަޑުތައް މާފުށީގެ ފަރަށާއި ފަޅުތެރެއަށް ފެތުރި، އެ ރަށުގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިކަންކަން ކުރަނީ އެއްވެސް ސަލާމަތީ ފިޔަވަޅެއް އެޅުމެއް ނެތި ކަމަށްވެސް ފާހަގަކުރެއްވިއެވެ.

"މިތާ މިއޮތް ފުށިދިއްގަރު ފަޅު ކޮންނަމުން އަދި ހިއްކަމުން އެގެންދަނީ އެތަނުގެ ކިސަޑުތައް މާފުށީ ފަރަށާއި ފަޅުތެރެއަށް މާ ބޮޑަށް ފެތުރިގެންދާ ގޮތައް. މިކަންކަމަކީ ހަގިގަތުގައި ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ފަހުގައި ވެސް ކުރެވޭނެ ކަންކަން. ނަމަވެސް ފެންނަމުން މިދަނީ އެއްވެސް ސަލާމަތީ ފިޔަވަޅެއް އެޅުމެއް ނެތި މިބާވަތުގެ ކަންކަން ކުރާތަން." ނޝީދު ވިދާޅުވިއެވެ.

https://sun.mv/222595

ވާހަކަފުޅު ނިންމަވާލައްވަމުން ނަޝީދު ވިދާޅުވީ، ގައުމަށް ލިބޭ މިފަދަ ގެއްލުންތަކާ ދެކޮޅަށް އަޑުއުފުލުމަކީ އެމްޑީޕީން ކުރަންޖެހޭ ކަމެއް ކަމަށެވެ.

އަދި މިފަދަ ކަންކަން ހުއްޓުވުމަށްޓަކައި އެމްޑީޕީން ސީދާ ހަރަކާތްތަކަށް ނުކުންނާނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ނަޝީދު ވިދާޅުވީ މި ދިވެހިރާއްޖެ ބަދަލުކުރި މުއައްސަސާއަކީ އެމްޑީޕީ ކަމަށާއި އަދި ކުރިއަށް އޮތްތަނުގައި ވެސް ރާއްޖެ ބަދަކުކުރާނީ އެމްޑީޕީން ކަމަށެވެ.

ކ. މާފުށީގައި ބޭއްވި އެމްޑީޕީގެ ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ދައުލަތުގެ ދަރަންޏަކީ މިހާރު ރާއްޖެއަށް އޮތް އެންމެ ބޮޑު ގޮންޖެހުންކަމަށް ސިފަކުރައްވާފައެވެ. އެމަނިކުފާނު ތުހުމަތުކުރެއްވި ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގަމުންދަނީ އެއްވެސް ރޭވުންތެރިކަމެއް އަދި ރައްކާތެރިކަމުގެ ފިޔަވަޅެއް ނެތިއެވެ. އަދި މިފަދަ ކަންކަން ހުއްޓުވުމަށް އެމްޑީޕީން ސީދާ ހަރަކާތަށް ނުކުންނާނެކަމުގެ އިންޒާރުވެސް އެމަނިކުފާނު ދެއްވިއެވެ.

  • ރާއްޖޭގެ ބޮޑު ދަރަނިން ޤައުމު ސަލާމަތްކުރުމުގެ ޤާބިލުކަން ހުރީ ހަމައެކަނި އެމްޑީޕީގައި ކަމަށް ނަޝީދު ވިދާޅުވުން.
  • ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ރޭވުންތެރިކަމެއް ނެތި ޢުމްރާނީ މަޝްރޫޢުތައް ހިންގާކަމަށް ތުހުމަތުކުރުން.
  • ފުށިދިއްގަރު ފަޅު ހިއްކުމުގެ ސަބަބުން މާފުށީގެ ފަރަށާއި އިޤުތިޞާދަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަން ފާހަގަކުރުން.
  • ސަރުކާރުގެ މިފަދަ އަމަލުތައް ހުއްޓުވުމަށްޓަކައި އެމްޑީޕީން ސީދާ ހަރަކާތަށް ނުކުންނާނެކަމުގެ ޔަޤީންކަން ދިނުން.
comment ކޮމެންޓް