ނޭޕާލަށް އިއްޔެ ބާރުގަދަ ބިންހެލުމެއް އައިސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، އެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން އުރީދޫ މެދުވެރިކޮށް އެގައުމަށް ހިލޭ ގުޅޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.
އުރީދޫއިން މިއަދު ބުނީ އެބިންހެލުމުގައި ގެއްލުންވި މީހުންގެ ހިތާމާގައި އެކުންފުނިން ބައިވެރިވާ ކަމަށެވެ. އެހިތާމައިގައި ބައިވެރިވުމުގެ ގޮތުން އުރީދޫ ކަސްޓަމަރުންގެ އާއިލާތަކަށާއި ކަސްޓަމަރުންނަށް ގުޅުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން މިއަދުން ފެށިގެން ކުރިއަށްއޮތް ތިން ދުވަހަށް ނޭޕާލަށް ހިލޭ ފޯނު ކުރެވޭނެ ކަމަށެވެ.
"ކުރިއަށްއޮތް ތިން ދުވަހު އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ނޭޕާލަށް ހިލޭ ކޯލް ކުރެވޭނެ،" އުރީދޫއިން ބުންޏެވެ.
އެކުންފުނިން ބުނިގޮތުގައި އެ ކުންފުންޏަކީ، ޖީއެސްއެމްއޭގެ ހިއުމަނިޓޭރިއަން ކަނެކްޓިވިޓީ ޗާޓާގައި ހިމެނޭ ކުންފުންޏެއް ކަމަށެވެ. އެގޮތުން އެޝާޓާ މެދުވެރިކޮށް މޯބައިލް އޮޕްރޭޓަރުން އިންސާނިއްޔަތަށް މަަސައްކަތްކުރުމުގައި ކަނޑައެޅިފައިވާ ކަންތައްތަކަށް އަމަލު ކުރުމަށް އެ ކުންފުނިންނވެސް އެއްބަސްވެފައިވާ ކަމަށެވެ.
ނޭޕާލުގެ ގަޑިން އިއްޔެ 11:56ގައި އައި 7.9 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމުގެ އަސަރު އިންޑިއާއަށް ވެސް ވަނީ ކޮށްފައެވެ. އެ ހާދިސާގައި ނޭޕާލުން މަރުވި މީހުންގެ އަދަދު 19،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، އިންޑިއާ އިން މަރުވި މީހުންގެ އަދަދު ވަނީ 34 އަށް އަރާފައެވެ.