ދިރާގުން ހައި ސްޕީޑް ލޯންޗު ހޯދުމުގެ ފުރުސަތު ދެގުނަ ކުރެވޭނެ

މިމަހުގެ 31ގެ ކުރިން ދިރާގުގެ 'ވިން އަ ސްޕީޑްބޯޓް ޕްރޮމޯޝަން'ގައި ބައިވެރެގެން ހައި ސްޕިޑް ލޯންޗެއް ހޯދުމުގެ ފުރުސަތު ދެގުނަ ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ދިރާގުގެ 36 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ފެށި އެ ޕްރޮމޯޝަނުން އަލް ޝާލީ މެރިން، މަޖެލަން 32 ބޯޓަކާއި ޔަމަހާ 175 ހޯސްޕަވަރުގެ ދެ އައުޓްބޯޑް އިންޖީނު ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އެ ޕްރޮމޯޝަންގައި، އަންނަ ޑިސެންބަރު މަހުގެ 15ގެ ކުރިން ދިރާގު ޕްރީޕެއިޑް ޕްލޭންތަކަށް 400 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ރީޗާޖުކުރާ ކަސްޓަމަރުންނާއި ޕޯސްޓްޕެއިޑް 400 އަދި ފައިބަ ބްރޯޑްބޭންޑް 30އެމްއަށް ވުރެ މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބުކުރާ ފަރާތްތަކަށް ބައިވެރިވެވޭނެއެވެ.

މި ޕްރޮމޯޝަންގައި ދިރާގުގެ ޚިދުމަތް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ވެސް ޚާއްސަ ޕޯޓަލެއް މެދުވެރިކޮށް ބައިވެރިވެވޭނެއެވެ.

ކޮންމެ ކަސްޓަމަރަކަށް ވެސް އެފަރާތްތަކުގެ ޝަރުތު ފުރިހަމަވާ ހުރިހާ ނަންބަރުތަކެއް ލުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ. އަދި މިމަހުގެ 31ގެ ކުރިން މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކަށް މި ހައި ސްޕީޑް ލޯންޗު ހޯދުމުގެ ފުރުސަތު ދެގުނަ ކުރެވޭނެއެވެ.

މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ދިރާގުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް