ދުނިޔޭގެ ލޮލުގެ ފެނުމުގެ ދުވަސް ފާހަގަ ކުރުމަށް އައިކެއަރއިން ޚާއްސަ އިވެންޓެއް ބާއްވަނީ

އައިކެއަރ ހޮސްޕިޓަލް: ދުނިޔޭގެ ލޮލުގެ ފެނުމުގެ ދުވަސް ފާހަގަ ކުރުމަށް އައިކެއަރއިން ޚާއްސަ އިވެންޓެއް ބާއްވަން ވަނީ ތައްޔާރުވެފައި --

ދުނިޔޭގެ ލޮލުގެ ފެނުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އައިކެއަރއިން ޚާއްސަ އިވެންޓެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

"#ލަވްޔޯއައިޒް"ގެ ނަމުގައި ބާއްވާ މިހަރަކާތް އޮންނާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު އާޓިފިޝަލް ބީޗުގައެވެ. ދުނިޔޭގެ ލޮލުގެ ފެނުމުގެ ދުވަހަކީ ލޮލުގެ ސިއްހަތާ މެދު މީހުން ހޭލުންތެރިކުރުމަށް ބައިނަލަގްވާމީ ފެންވަރުގައި ކޮންމެ އަހަރަކު ފާހަގަ ކުރާ ދުވަހެކެވެ.

މި އިވެންޓުގައި ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ދާނެއެވެ. އެގޮތުން އާންމުންނަށް މައުލޫމާތު ދިނުމާއި، ޑޮކްޓަރުންނާ ސުވާލު ކުރުމުގެ އިތުރުން ލޯ ޗެކުކުރުން ހިމެނޭނެއެވެ. އަދި ޑައިބެޓިކްސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުން އާންމު ސިއްހަތުގެ ސްކްރީނިންވެސް ކުރިއަށްގެންދާއިރު، މި އިވެންޓުގައި ބައިވެރިވާ ފަރާތްތަކަށް ޑިސްކައުންޓް ވައުޗަރެއް ލިބޭނެއެވެ.

މިއިވެންޓުގައި އިސްރަށްވެހިންގެ ނާދީންވެސް ބައިވެރިވާނެއެވެ. މި ސްޓޯލުން އިސްރަށްވެހިންގެ ނާދީން ކުރިއަށްގެންދާ ހަރަކާތްތަކާއި އެޖަމިއްޔާގެ މައުލޫމާތު ލިބިގެންދާއިރު ރަޖިސްޓާ ކުރަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓާ ކުރުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.

މި އަހަރުގެ ލޮލުގެ ފެނުމުގެ ދުވަހުގެ ޝިއާރަކީ ކުޑަކުދިންނަށް ލޮލުގެ މުހިއްމުކަން އަންގައިދިނުމެވެ. އެގޮތުން މިއިވެންޓުގައި ކުޑަކުދިންނަށް ޚާއްސަ ކޮށްގެން އެކި ހަރަކާތްތައް ކުރިއަށްދާއިރު، ފޭސް ޕެއިންޓިން، ކުލަޖެއްސުން ފަދަ މުނިފޫހިފިލުވުމުގެ ހަރަކާތްތައްވެސް ހިމެނޭނެއެވެ.

#ލަވްޔޯއައިޒް ކެމްޕެއިނާ ބެހޭ އިތުރު މައުލޫމާތު 3321026އަށް ގުޅުމުން ލިބޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު