މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނާއި އެމްއެންޑީއެފްގެ ކުރީގެ ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ހުކުމް އިއްވުން މާދަމާރެއަށް ތާވަލްކޮށްފި އެވެ.
މަދާމާ ރޭ 8:00 އަށް ތާވަލްކޮށްފައި ވަނީ ކުރީގެ ޑިފެންސް ޑިފެންސް ތޮލްހަތު އިބްރާހީމް ކަލޭފާނަށް ހުކުމް އިއްވުމަށެވެ.
މާދަމާރޭ 9:00 އަށް ތާވަލް ކޮށްފައި ވަނީ މިހާރުގެ ޑިފެންސް މިނިސްޓަރު އަދި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލުގެ މައްޗަށް ހުކުމް އިއްވުމެވެ.
ކުރީގެ ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ހުކުމް އިއްވަން ތާވަލްކޮށްފައި ވަނީ މާދަމާ ރޭ 10:00 އަށެވެ.
އެބޭފުޅުންގެ މައްޗަށް ހުކުމް އިއްވުމަށް މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރެއަށް ކުރިން ތާވަލްކުރިނަމަވެސް ފަހުން ވަނީ އެ އަޑުއެހުން ކެންސަލް ކޮށްފައެވެ.
އެބޭފުޅުންގެ އިތުރުން އެ މައްސަލާގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޮމާންޑަރު އިބްރާހީމް މުހައްމަދު ދީދީގެ ޝަރީއަތް އަދި ނިމިފައެއް ނުވެއެވެ. ސަބަބަކީ އޭނާ ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައި އުޅުއްވާތީއެވެ.
ސިފައިން މެދުވެރިކޮށް 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް އިއްވާފައެވެ.