ތޮލްހަތަށް އިއްވި 10 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށްފި

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލާގައި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނަށް އިއްވި 10 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކޮށްފިއެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރެއްގައި ބުނެފައި ވަނީ ހަމަ އެ މައްސަލާގައި ހިމެނޭ ކަންތައްތަކުގެ މައްޗަށް ބިނާކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް އެ ކޯޓުން ކުރިން ވަނީ ބާތިލްކޮށްފައި ކަމަށެވެ.

ރައީސް ނަޝީދުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ އާއި ތޮލްހަތުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ކޮށްފައިވާ އަސާސް އާއި ދައުވާގައި ހުށަހެޅިފައިވާ ވާގިއާ އަކީ ޓެރަރިޒަމްގެ ކުށުގެ އަމަލެއް ކަމަށް ބަލައި، އެ މައުޟޫގެ މައްޗަށް ޝަރީއަތް ހިންގައި ހުކުމް ކުރިގޮތް ޝަރުއީ އަދި ގާނޫނީ ހަމަތަކާ ޚިލާފުކަން އެނގެން އޮންނަ ކަމަށް އެ އަމުރުގައިވެއެވެ.

އެހެންކަމުން ކްރިމިނަލް ކޯޓުން ތޮލްހަތަށް އިއްވި ހުކުމާއި އެ ހުކުމަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމް ވެސް ސުޕްރީމް ކޯޓުން ވަނީ ބާތިލް ކޮށްފައެވެ.

comment ކޮމެންޓް