އަލިފާނުގެ ހަ ހާދިސާއެއް ހިމެނޭހެން 15 ހާދިސާއަކަށް ސިފައިން އެހީތެރިކަން ދީފި

އެމްއެންޑީއެފުން މީގެ ކުރިން ކުރިއަށްގެންދިޔަ ޑްރިލްއެއްގެ ތެރެއިން: މިދިޔަ ހަފުތާގައި ހިނގި ނުރައްކަލުގެ 15 ހާދިސާއަކަށް އެމްއެންޑީއެފުން އެހީތެރިކަން ދިން -- ފައިލް ފޮޓޯ: އެމްއެންޑީއެފް

އަލިފާނުގެ ހަ ހާދިސާއެއް ހިމެނޭހެން ވޭތުވެދިޔަ ހަފުތާގައި ހިނގި ނުރައްކަލުގެ 15 ހާދިސާއަކަށް ފަޔާ އެންޑް ރެސްކިއު އިން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ.

އެމްއެންޑީއެފުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފުތާގައި ކުއްލި ނުރައްކަލުގެ 15 ހާދިސާއެއް ހިނގައިފައިވެއެވެ. އެއީ މާލޭ ސަރަހައްދުގައި 13 ހާދިސާއަކާއި ދެކުނު ސަރަހައްދުގައި ދެ ހާދިސާއެކެވެ.

އޭގެ ތެރޭގައި އަލިފާނުގެ ހަ ހާދިސާއަކާއި މީހުން ސަލާމަތްކުރުމުގެ ތިން ހާދިސާއަކާއި ގޭހާއި ކެމިކަލާ ގުޅުންހުރި ތިން ހާދިސާއަކާއި ބަލި މީހަކު އުފުލުން ހިމެނެއެވެ.

އޭގެ ކުރީ ހަފުތާގެ ތަފާސްހިސާބުތައް އެމްއެންޑީއެފުން އާންމު ނުކުރާތީ އެ ހަފުތާގައި ހިނގީ ނުރައްކަލުގެ ކިތައް ހާދިސާކަން ޔަގީނެއްނޫނެވެ.

ފާހަގަކުރެވޭ ގޮތުގައި މިދިޔަ ހަފުތާގައި ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާތަކުގެ ތެރޭގައި ހ. އުނިހިޔާގޭގެ ތިންވަނަ ފަންގިފިލާއިން ފެށިގެން ހަ ވަނަ ފަންގިފިލާއާ ހަމައަށް އެކިވަރުގެ ގެއްލުން ލިބުނު ހާދިސާއާއި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯވުން ހިމެނެއެވެ.

comment ކޮމެންޓް