ހުޅުމާލޭގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯވެ، އަނދައި ހުލިވެއްޖެ

ހުޅުމާލޭގައި ޕާކުކޮށްފައި އޮއްވައި ރޯވި ކާރު: އެ ކާރު ވަނީ އެއްކޮށް އަނދާ ހުލިވެފައި --- ފޮޓޯ/ އެމްއެންޑީއެފް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯވެ، އަނދައިފިއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި، މި ކާރުގައި ރޯވި ކަމުގެ މައުލޫމާތު ލިބުނީ، ރޭ މެންދަމު 02:17ހާއިރެވެ.

އެ މައުލޫމާތު ލިބުމުން ހުޅުމާލެ ފަޔާ ސްޓޭޝަނުގެ ފަޔަފައިޓަރުންނާއި ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި، އަލިފާން އެއްކޮށް ނިއްވާލެވިފައި ވަނީ ރޭ 02:39 ހާއިރުއެވެ.

ހުޅުމާލޭގައި ޕާކުކޮށްފައި އޮއްވައި ރޯވި ކާރު: އެ ކާރު ވަނީ އެއްކޮށް އަނދާ ހުލިވެފައި --- ފޮޓޯ/ އެމްއެންޑީއެފް

ފުލުހުން ބުނި ގޮތުގައި، އެ ކާރަކީ ހުޅުމާލެ ދެވަނަ ފިޔަވަހީ ހީނާމާ ހިނގުމުގައި ޕާކުކޮށްފައި އޮތް ކާރެކެވެ.

މި ހާދިސާގައި އަލިފާން ރޯވި ކާރު ބޭނުން ނުކުރެވޭވަރަށް ވަނީ އަނދާފައެވެ. އަދި، އެ ކާރު ކައިރީ އޮތް އިތުރު ދެ ކާރަކަށް ވަނީ ގެއްލުންވެފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓު ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެކަމަކު، މިހާތަނަށް މި ކާރުގައި އަލިފާން ރޯވާން ދިމާވި ސަބަބެއް ސާފުވެފައެއް ނުވެއެވެ.

comment ކޮމެންޓް