ގޭސްފުޅި ގޮވި ހާދިސާ: ފަރުވާދެމުން ދިޔަ ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

ހުޅުމާލެ ހޮސްޕިޓަލް --

ހުޅުމާލެ ރުއްގަނޑު އެކެއް ކައިރީގައި ހުންނަ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އަނިޔާވެ ހުޅުމާލެ ހޮސްޕިޓަލުގައި އެޑްމިޓްކުރި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ހުޅުމާލެ ރުއްގަނޑު އެކެއް ކައިރީގައި ހުންނަ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގީ އާދިއްތަ ދުވަހުގެ ހެނދުނު 10 ޖަހާކަށް ހާއިރުއެވެ.

https://sun.mv/229896

'ސަން' އަށް މައުލޫމާތުދެމުން އެ ދުވަހު ހުޅުމާލޭ ހޮސްޕިޓަލުން ބުނީ، އަލިފާނުގެ ހާދިސާއާ ގުޅިގެން ހަތަރު މީހަކަށް އަނިޔާވެގެން އެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެެ. އަދި އެ ހަތަރު މީހުންގެ ތެރެއިން ދެ މީހަކަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށާއި ބާކީ ތިބި ދެ މީހުންނަށް އެ ހޮސްޕިޓަލުގެ ވޯޑުގައި ފަރުވާ ދެމުންދާ ކަމަށް އެ ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ.

https://sun.mv/229930

މިއަދު އެ ހޮސްޕިޓަލުން ބުނީ، އެޑްމިޓްކޮށްފައިވާ ދެ މީހުންގެ ތެރެއިން އެކަކު މިހާރު ދޫކޮށްލާފައިވާ ކަމަށާއި މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުންދަނީ އެންމެ މީހަކަށް ކަމަށެވެ. އަދި އެ މީހާގެ ހާލުވެސް މި ވަގުތަށް ސްޓޭބަލް ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ގޭސް ފުޅިއެއް ގޮވައި ހިނގި އެ ހާދިސާގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، އޭގެ ތެރެއިން ހަތަރު މީހަކަށް ފަރުވާ ދިނުމަށްޓަކައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން އެ ދުވަހު ވަނީ ބުނެފައެވެ. އެ ހަތަރު މީހުންނަކީ ކެފޭގައި މަސައްކަތްކުރާ ބިދޭސީންކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

އެ ހާދިސާގައި ކެފޭގައި ތިބި އެއްވެސް ކަސްޓަމަރަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށާއި، ކެފޭގެ އިމާރާތަށާއި ބަދިގޭގައި ހުރި އެއްވެސް މުދަލަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް ބާރު އަޑެއް އިވުމާއެކު ކަސްޓަމަރުން ބޭރަށް ނުކުންނަން އުޅުމުގެ ތެރޭގައި ކެފޭގެ ބައެއް ތަށިތައް ވެއްޓި ތަޅައިގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ގޭސް ލީކުވުމާއި، ގޭސްފުޅި ގޮވުމުގެ ނުރައްކާތެރި ހާދިސާތައް ފަހުގެ ތާރީޚުތަކުގައި ހިނގައިފައިވެއެވެ.

comment ކޮމެންޓް