ހުޅުމާލޭގައި ގޭސްފުޅިއެއް ގޮވައި ރޯވުމުން، ފަސް މީހަކަށް އަނިޔާވެއްޖެ

ހުޅުމާލެ ހޮސްޕިޓަލް: ހުޅުމާލޭގައި ގެސްފުޅިއެއް ގޮވައި ރޯވުމުން، ފަސް މީހަކަށް ވަނީ އަނިޔާވެފައި --

ހުޅުމާލެ ރުއްގަނޑު އެކެއް ކައިރީގައި ހުންނަ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ފުލުހުން ބުނީ، ހެނދުނު 10:00 އެހައިކަންހާއިރު ހިނގި އެ ހާދިސާއާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސަސްއިން ސީންއަށް ދިޔައިރު އަލިފާންގަނޑު ނިއްވާލައިފައިވާ ކަމަށެވެ.

އެ ހާދިސާގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، އޭގެ ތެރެއިން ހަތަރު މީހަކަށް ފަރުވާ ދިނުމަށްޓަކައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ހަތަރު މީހުންނަކީ ކެފޭގައި މަސައްކަތްކުރާ ބިދޭސީންކަން ފުލުހުން ފާހަގަކުރިއެވެ.

އެ މުއައްސަސާއިން ބުނި ގޮތުގައި، އެ ހާދިސާގައި ކެފޭގައި ތިބި އެއްވެސް ކަސްޓަމަރަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، ކެފޭގެ އިމާރާތަށާއި ބަދިގޭގައި ހުރި އެއްވެސް މުދަލަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ބާރު އަޑެއް އިވުމާއެކު ކަސްޓަމަރުން ބޭރަށް ނުކުންނަން އުޅުމުގެ ތެރޭގައި ކެފޭގެ ބައެއް ތަށިތައް ވެއްޓި ތަޅައިގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ދަނީ އިތުރަށް ބަލަމުންނެވެ.

https://sun.mv/226469

ގޭސް ފުޅި ގޮވުމުން، އަނިޔާވި މީހުންގެ ހާލަތާ ގުޅޭ ގޮތުން މިހާތަނަށް ހުޅުމާލޭ ހޮސްޕިޓަލުގެ ފަރާތުން މައުލޫމާތު ލިބިފައިނުވެއެވެ.

ގޭސް ލީކުވުމާއި، ގޭސްފުޅި ގޮވުމުގެ ނުރައްކާތެރި ހާދިސާތައް ފަހުގެ ތާރީޚުތަކުގައި ހިނގައިފައިވެއެވެ. އެގޮތުން މިދިިޔަ އޯގަސްޓު މަހުގެ 24ގެ ފަތިހު މާލޭގެ ގެއެއްގައި ގޭސްފުޅިއެއް ގޮވައި ހިނގި ނުރައްކާތެރި ހާދިސާގައި ބިދޭސީ މީހަކު ފިހި، ވެންޓިލޭޓަރަށް ވެސް ލިއެވެ. އަދި އޭރު، 41 މީހަކު ވަގުތީ ބޯހިޔާވަހިކަމަށް ބަދަލު ކުރަން ވެސް ޖެހުނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު