ފުނަދޫ އަލިފާނުގެ ހާދިސާ: 18 މީހަކަށް އެކިވަރުގެ އަނިޔާ ލިބި ފަރުވާ ދެނީ

ފުނަދޫގައި އަލިފާން ރޯވި ޕެޓްރޯލް ޝެޑް ކައިރީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އެންޑީއެމްއޭ

ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި ހިނގި އަލިފާނުގެ ހާދިސާގައި 18 މީހަކަށް ދުމުގެ އަސަރުކޮށް އެކި ވަރުގެ ކުދި އަނިޔާތައް ލިބިފައިވާ ކަމަށް ފުނަދޫ ކައުންސިލުން ބުނެފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުނަދޫ ޕެޓްރޯލް ޝެޑުގައި އަލިފާން ރޯވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.

'ސަން' އަށް މައުލޫމާތު ދެއްވައި ފުނަދޫ ކައުންސިލްގެ ރައީސް މުޙައްމަދު އާދިލް ވިދާޅުވީ އަލިފާނުގެ ހާދިސާގައި 18 މީހަކަށް ދުމުގެ އަސަރުކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންނަށް އެކި ވަރުގެ ކުދި އަނިޔާތައް ވެސް ލިބިފައިވާ ކަމަށް ކައުންސިލް ރައީސް މައުލޫމާތު ދެއްވިއެވެ.

https://sun.mv/229581

ކައުންސިލް ރައީސް ވިދާޅުވި ގޮތުގައި އަލިފާންގަނޑު މިހާރު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައެވެ. ނަމަވެސް އަދިވެސް ޕެޓްރޯލް ޝެޑުގެ އެތެރޭގައި އަލިފާނުގެ އަސަރު ކޮންމެވެސް ވަރަކަށް އެބަހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

"މައިނާ އެންޖަރީސް އެބައުޅޭ ފުދޭ ވަރަކަށް. އެކަމް އިރާދަކުރެއްވީތީ އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބޭ. 18 މީހަކަށް ދުމުގެ އަސަރިކޮށްގެން [ހޮސްޕިޓަލަށް] ގެންދިޔަ." ކައުންސިލް ރައީސް ވިދާޅުވިއެވެ.

އެމްއެންޑީއެފްއިން ވަނީ މި ހާދިސާގައި ރޯވެފައިވާ އަލިފާން ގަނޑުގެ 90 އިންސައްތަ މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ބުނެފައެވެ.

އަލިފާނުގެ މި ހާދިސާއާ ގުޅިގެން ށ. އަތޮޅު ހޮސްޕިޓަލުން ވަނީ، އޯޕީޑީގެ ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލާފައެވެ. އަދި މިވަގުތު ޚިދުމަތްދެމުން ގެންދާނީ ހަމައެކަނި ކުއްލި ފަރުވާ ބޭނުންވާ އިމަޖެންސީ ހާލަތްތަކަށް ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

comment ކޮމެންޓް