މި ސަރުކާރުގެ ތިންވަނަ ފިނޭންސް މިނިސްޓަރު ޒަރީރަށް ރުހުންދީފި

ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު: އޭނާއަށް ރުހުންދޭން ފެންނަ ކަމަށް މަޖިލީހުން ވަނީ ފާސްކޮށްފައި -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ތިންވަނަ ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުުހުންދީފިއެވެ.

ޒަރީރަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވީ މިދިޔަ ހަފުތާގެ އާދީއްތަ ދުވަހެވެ. އަދި ޖެހިގެން އައި ހޯމަ ދުވަހު އޭނާގެ ނަން ދިރާސާކުރަން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ. އެއަށްފަހު މިދިޔަ ހޯމަ ދުވަހު ކޮމިޓީން ވަނީ، ޒަރީރަށް ރުހުންދޭން ފެންނަ ކަމަށް ފާސްކޮށްފައެވެ.

https://sun.mv/223715

އެހެންކަމުން މިއަދު ޒަރީރަށް ރުހުން ދޭން ނެގި ވޯޓުގައި ބައިވެރިވި 49 މެންބަރުންގެ އިއްތިފާގުން ވަނީ އޭނާއަށް ރުހުންދޭން ފެންނަ ކަމަށް ފާސްކޮށްފައެވެ.

ފާހަގަކުރެވޭ ގޮތުގައި މިއަދުގެ ޖަލްސާއިން އެމްޑީޕީގެ ނުވަ މެންބަރަކު ބޭރުކޮށްލައިފައިވާތީ ވޯޓުލުން ކުރިއަށް ގެންދިޔައީ އެ މެންބަރުންނާ ނުލައެވެ.

ޒަރީރަކީ މާލީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވައިފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ. ޚާއްސަކޮށް މީރާގެ ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނަވައިގެން ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކުރުމަށް އޭނާ ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވައިފައެވެ.

ގައުމީ ބޭންކު ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމުވެސް ފުރުއްވި ޒަރީރު ވަނީ 2،000 ވަނަ އަހަރުން ފެށިގެން ޓެކުހާއި އޮޑިޓާ ގުޅޭ އެކި މަގާމުތައް ފުރުއްވައިފައެވެ. އެގޮތުން ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުކަމާއި ޓެކްސް ކޮމިޝަނަރުކަންވެސް ކުރައްވައިފައެވެ.

ޒަރީރު ވަނީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް)ގައި ބެޗެލާ އޮފް އެކައުންޓިން އަދި މާސްޓާ އޮފް ސައިންސް ފައިނޭންސްއިން ޑިގްރީ ހާޞިލުކުރައްވާފައެވެ. އަދި، އޭނާ ވަނީ އިނގިރޭސިވިލާތުގެ ފެލޯ ޗާޓަޑް މެނޭޖްމަންޓް އެކައުންޓަންޓް (އެފްސީއެމްއޭ، ސީޖީއެމްއޭ)އާއި އޮސްޓްރޭލިއާގެ ސެޓިފައިޑް ޕްރެކްޓިސިން އެކައުންޓަންޓްގެ ކޮލިފިކޭޝަން ހާސިލުކުރައްވާފައެވެ.

މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ޙަސަން ޒަރީރަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކުރުމަށްފަހު، މިއަދު ބޭއްވި ޖަލްސާގައި ބައިވެރިވި ސާޅީސް ނުވަ މެންބަރުންގެ އިއްތިފާގުން ވަނީ އޭނާއަށް ރުހުންދީފައެވެ. މި ޖަލްސާގައި ވޯޓަށް އެހީ އިދިކޮޅު އެމްޑީޕީގެ ނުވަ މެންބަރަކު މަޖިލީހުން ބޭރުކުރުމަށްފަހުގައެވެ. އޭނާއަކީ ދެހާސް ވަނަ އަހަރުން ފެށިގެން މާލީ އަދި އޮޑިޓިން ދާއިރާގައި ގިނަ ޚިދުމަތްތަކެއް ކުރައްވައިފައިވާ، އަދި މަތީ ތަޢުލީމާއި ބައިނަލްއަޤުވާމީ ސަނަދުތައް ހާސިލުކުރައްވައިފައިވާ ޤާބިލު ބޭފުޅެކެވެ.

  • ފިނޭންސް މިނިސްޓަރުކަމަށް ޙަސަން ޒަރީރަށް ރުހުންދިނީ ވޯޓުގައި ބައިވެރިވި 49 މެންބަރުންގެ ފުރިހަމަ ތާއީދާއެކުގައެވެ.
  • އިދިކޮޅު ޕާޓީގެ 9 މެންބަރަކު ޖަލްސާއިން ބޭރުކޮށްފައިވާތީ، ވޯޓު ނެގުމުގެ ކަންކަން ކުރިއަށް ގެންދިޔައީ އެ މެންބަރުންނާ ނުލައެވެ.
  • ޒަރީރަކީ މީރާގެ ޓެކްސް ކޮމިޝަނަރުކަމާއި، ގައުމީ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންކަން ކުރައްވައިފައިވާ ބޭފުޅެކެވެ.
  • މެލޭޝިއާއިން މާސްޓާސް ފުރިހަމަކުރެއްވުމުގެ އިތުރުން، އޭނާ ވަނީ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާއިން ފައިނޭންސް ދާއިރާގެ ޕްރޮފެޝަނަލް ސަނަދުތައް ހާސިލުކުރައްވައިފައެވެ.
comment ކޮމެންޓް