މި ސަރުކާރުގެ ތިންވަނަ ފިނޭންސް މިނިސްޓަރު ޒަރީރަށް ރުހުންދޭން ފެންނަ ކަމަށް ކޮމިޓީން ފާސްކޮށްފި

ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު: އޭނާއަށް ރުހުންދޭން ފެންނަ ކަމަށް ކޮމިޓީން ވަނީ ފާސްކޮށްފައި -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ތިންވަނަ ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރަށް ރުހުންދޭން ފެންނަ ކަމަށް، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ސިއްހީ ހާލަތު ތަންނުދެއްވާތީ ކަމަށް ވިދާޅުވެ ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އިސްތިއުފާދެއްވުމާ ގުޅިގެން މިމަހުގެ އަށްވަނަ ދުވަހު ޒަރީރު ވަނީ އެ މަގާމަށް އައްޔަންކޮށްފައެވެ.

https://sun.mv/223038

ޒަރީރަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވީ މިދިޔަ ހަފުތާގެ އާދީއްތަ ދުވަހެވެ. އަދި ޖެހިގެން އައި ހޯމަ ދުވަހު އޭނާގެ ނަން ދިރާސާކުރަން ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.

ވަޒީރުކަމުގެ ހުރިހާ ޝަރުތެއް ޒަރީރުގެ ފުރިހަމަވާ ކަމަށް ވިދާޅުވެ، ޒަރީރަށް ރުހުންދޭން ފެންނަ ކަމަށް ފާސްކުރަން ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ ޕީއެންސީ މެންބަރު ޢަލީ ފަޒާދެވެ. ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން ވަޙީދު ތާއީދުކުރެއްވި އެ ހުށަހެޅުއްވުން ފާސްވީ ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ.

ކޮމިޓީން ޒަރީރަށް ރުހުންދޭން ފެންނަ ފާސްކުރުމުން ދެން އޮންނާނީ ތަޅުމުގައި އޭނާއަށް ރުހުންދޭން ފެނޭތޯ ވޯޓަށް އެހުމެވެ.

ޒަރީރަކީ މާލީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވައިފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ. ޚާއްސަކޮށް މީރާގެ ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނަވައިގެން ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކުރުމަށް އޭނާ ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވައިފައެވެ.

ގައުމީ ބޭންކު ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމުވެސް ފުރުއްވި ޒަރީރު ވަނީ 2،000 ވަނަ އަހަރުން ފެށިގެން ޓެކުހާއި އޮޑިޓާ ގުޅޭ އެކި މަގާމުތައް ފުރުއްވައިފައެވެ. އެގޮތުން ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުކަމާއި ޓެކްސް ކޮމިޝަނަރުކަންވެސް ކުރައްވައިފައެވެ.

ޒަރީރު ވަނީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް)ގައި ބެޗެލާ އޮފް އެކައުންޓިން އަދި މާސްޓާ އޮފް ސައިންސް ފައިނޭންސްއިން ޑިގްރީ ހާޞިލުކުރައްވާފައެވެ. އަދި، އޭނާ ވަނީ އިނގިރޭސިވިލާތުގެ ފެލޯ ޗާޓަޑް މެނޭޖްމަންޓް އެކައުންޓަންޓް (އެފްސީއެމްއޭ، ސީޖީއެމްއޭ)އާއި އޮސްޓްރޭލިއާގެ ސެޓިފައިޑް ޕްރެކްޓިސިން އެކައުންޓަންޓްގެ ކޮލިފިކޭޝަން ހާސިލުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ތިންވަނަ ފިނޭންސް މިނިސްޓަރުގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ ޙަސަން ޒަރީރަށް ރުހުންދޭން ފެންނަކަމަށް، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ. ކުރީގެ މިނިސްޓަރު މޫސާ ޒަމީރު ޞިއްޙީ ސަބަބުތަކަށްޓަކައި އިސްތިއުފާދެއްވުމާ ގުޅިގެން ޒަރީރު އެ މަޤާމަށް ޢައްޔަންކުރެއްވީ މިމަހުގެ އަށްވަނަ ދުވަހުއެވެ. އޭނާއަށް ރުހުންދިނުމަށް ކޮމިޓީން ފާސްކުރީ ހާޒިރުވި މެންބަރުންގެ އިއްތިފާޤުންނެވެ. ޒަރީރަކީ މާލީ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ، އަދި މީރާގެ ޓެކްސް ކޮމިޝަނަރުކަމާއި ބޭންކް އޮފް މޯލްޑިވްސްގެ ޗެއާޕާސަންކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ކޮމިޓީގެ ނިންމުމާއެކު ދެން އޮންނާނީ މަޖިލީހުގެ ތަޅުމުން އޭނާއަށް ރުހުންދިނުމުގެ ވޯޓު ނެގުމެވެ.

  • ފިނޭންސް މިނިސްޓަރުކަމަށް ޙަސަން ޒަރީރު ޢައްޔަންކުރެއްވީ މޫސާ ޒަމީރު އިސްތިއުފާދެއްވުމުންނެވެ.
  • ޒަރީރަށް ރުހުންދިނުމަށް ކޮމިޓީން ފާސްކުރީ ބައިވެރިވި މެންބަރުންގެ ފުރިހަމަ އިއްތިފާޤުންނެވެ.
  • އޭނާއަކީ ކުރިން ޓެކްސް ކޮމިޝަނަރުކަމާއި ބޭންކުގެ ބޯޑު ޗެއާޕާސަންކަން ކުރައްވާފައިވާ ބޭފުޅެކެވެ.
  • ވަޒީރުކަމުގެ ޝަރުޠު ފުރިހަމަވާކަމަށް ކޮމިޓީން ކަނޑައަޅާފައިވާއިރު ދެން އޮންނާނީ ތަޅުމުގެ ވޯޓެވެ.
  • އައު ފިނޭންސް މިނިސްޓަރަށް މަޖިލީހުގެ ކޮމިޓީގެ ރުހުން ލިބުން.
  • މަޤާމަށް ޢައްޔަންކުރެވުނު ބޭފުޅާގެ މާލީ ދާއިރާގެ ތަޖުރިބާ ފުރިހަމަވުން.
  • ކޮމިޓީ މަރުޙަލާ ނިމި، މަޖިލީހުގެ ތަޅުމުގެ ވޯޓަށް ތައްޔާރުވުން.
  • --
  • މަޞްދަރު: ސަން އޮންލައިން
comment ކޮމެންޓް