ޕީޖީ އޮފީހުން ނިމުނު މަހު 1،150 އަޑުއެހުމަށް ހާޒިރުވިއިރު 263 ދައުވާ ކޯޓަށް ހުށަހެޅި

ޕީޖީ އޮފީސް: ޕީޖީ އޮފީހުން ނިމުނު މަހު 1،150 އަޑުއެހުމަށް ހާޒިރުވި -- ސަން ފޮޓޯ

ނިމުނު މޭ މަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން 1،150 އަޑުއެހުމަކަށް ހާޒިރުވެފައިވާ ކަމަށް އެ އޮފީހުން ބުނެފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން މެއި މަހުގެ ނިޔަލަށް، 1،150 އަޑުއެހުމަކަށް އެ އޮފީހުގެ ވަކީލުން ހާޒިރުވެފައިވެއެވެ. އެއީ އޭޕްރިލް މަހު ހާޒިރުވެފައިވާ 2،710 އަޑުއެހުމާ އަޅާބަލާއިރު މަދު އަދަދެކެވެ.

އޭގެ އިތުރުން ޕީޖީ އޮފީހުން ވަނީ މެއި މަހު 143 މައްސަލަ އެ އޮފީހަށް ބަލައިގެންފައެވެ. އަދި ތަހުގީގީ އިދާރާތަކަށް 447 ފަހަރެއްްގެ މަތިން ލަފާދީފައިވާ ކަމަށާއި އެކި މައްސަލަތަކުގައި 263 މައްސަލައެއް ކޯޓަށް ހުށަހަޅާފައިވާ ކަމަށް އެ އޮފީހުގެ ތަފާސްހިސާބުތަކުން ވަނީ ދައްކައިފައެވެ.

އެއާ ޚިލާފަށް އެ އޮފީހުން ވަނީ އޭޕްރީލް މަހު 190 މައްސަލަ ބަލައިގަނެ ތަހުގީގީ އިދާރާތަކަށް 552 ފަހަރެއްގެ މަތިން ލަފާދީ 232 ދައުވާއެއް ކޯޓަށް ހުށަހަޅާފައެވެ. އަދި 2،710 އަޑުއެހުމަކަށް އެ އިދާރާގެ ވަކީލުން ވަނީ އޭޕްރިލް މަހު ހާޒިރުވެފައެވެ.

https://sun.mv/222460

ފާހަގަކޮށްލެވޭ ގޮތުގައި 2018 އިން 2021 ވަނަ އަހަރުގެ ނިޔަލަށް ޕީޖީ އޮފީހުން ދައުވާކުރުމާ ގުޅޭ ގޮތުން ކޮށްފައިވާ މަސައްކަތްތަކުގެ އޮޑިޓުން ހާމަވާ ގޮތުގައި ކްރިމިނަލް ކޯޓުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ ބަންދު، ޕީޖީ އޮފީހުން ގަވައިދުން މުރާޖައާއެއް ނުކުރެއެވެ.

ނަމަވެސް މި ސަރުކާރު އައުމަށްފަހު ވާނުވާ ބަންދަށް ގާނޫނީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ނިމިދިޔަ މެއި މަހުގެ ނިޔަލަށް އެ އޮފީހުގެ ވަކީލުން ވަނީ 1،150 ކޯޓު އަޑުއެހުމަކަށް ހާޒިރުވެފައެވެ. މިއީ އޭޕްރިލް މަހު ހާޒިރުވި 2،710 އަޑުއެހުމާ އަޅާބަލާއިރު ވަރަށް ބޮޑުތަން މަދު އަދަދެކެވެ. މީގެ އިތުރުން، މެއި މަހު އެ އޮފީހުން ވަނީ އާ 143 މައްސަލައެއް ބަލައިގަނެ، ތަހުގީގީ އިދާރާތަކަށް 447 ފަހަރެއްގެ މަތިން ގާނޫނީ ލަފާ ފޯރުކޮށްދީފައެވެ. ކުރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2018 އިން 2021 އަށް ކުރެވުނު އޮޑިޓަކުން ދައްކާގޮތުގައި ކްރިމިނަލް ކޯޓުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ފަރާތްތަކުގެ މައްސަލަތައް ޕީޖީ އޮފީހުން ގަވައިދުން މުރާޖައާކޮށްފައެއް ނުވެއެވެ. ނަމަވެސް، މިހާރުގެ ސަރުކާރުން އަންނަނީ މިފަދަ ވާނުވާ ބަންދުތަކަށް ދާއިމީ ގާނޫނީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

  • މެއި މަހު ޕީޖީ އޮފީހުގެ ވަކީލުން 1،150 އަޑުއެހުމަކަށް ހާޒިރުވެފައިވެއެވެ.
  • އެކި މައްސަލަތަކާ ގުޅޭގޮތުން 263 ދައުވާއެއް ކޯޓަށް ހުށަހަޅާފައިވެއެވެ.
  • އޭޕްރިލް މަހާ އަޅާބަލާއިރު މެއި މަހު ކޯޓު އަޑުއެހުންތަކަށް ހާޒިރުވި މިންވަރު ވަނީ ދަށަށް ގޮސްފައެވެ.
  • ވާނުވާ ބަންދަށް ގާނޫނީ ހައްލެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.
comment ކޮމެންޓް