ސިނގިރޭޓު ޑިއުޓީ ކުޑަކުރަން ސަރުކާރަށް ލަފާދިނިންތޯ ޑަބްލިއުއެޗްއޯއާ ސުވާލުކުރުމުން ޖަވާބެއް ނެތް

ހެލްތު މިނިސްޓަރު ގީލާއާއި ޑަބްލިއުއެޗްއޯގެ މަންދޫބު، އެމްއެސް ޕޭޑަން --

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ދިވެހި ސަރުކާރަށް ލަފާދިން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވުމުން، އެ ޖަމިއްޔާގެ ބަހެއް ހޯދަން "ސަން"އިން ސުވާލުކުރުމުން ވެސް މިހާތަނަށް އެއްވެސް ޖަވާބެއް ނުލިބި ހަފުތާއެއް ވެއްޖެއެވެ.

މި ކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށްޓަކައި، ރާއްޖޭގައި ހުންނަ ޑަބްލިއުއެޗްއޯގެ މަންދޫބު، އެމްއެސް ޕޭޑަންއަށް މި މަހުގެ އެއްވަނަ ދުވަހު "ސަން"އިން ވާނީ އީމެއިލް މެދުވެރިކޮށް ސުވާލު ފޮނުވާފައެވެ. އެގޮތުން، ސަރުކާރުން ބުނާ ފަދަ ލަފައެއް އެ ޖަމިއްޔާއިން ދީފައިވޭތޯ ޔަގީންކުރުމަށް ސުވާލުކުރި ނަމަވެސް، މިއަދާ ހަމައަށް ވެސް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

މި މައްސަލަ ފެންމަތިވީ، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ތިން ރުފިޔާ 50 ލާރިން، އަށް ރުފިޔާއަށް ބޮޑުކުރަން ނިންމި ނިންމުމަށް ބަދަލު ގެނެސް، އޭގެ ދެބައިކުޅަ އެއްބައި ލުއިކޮށް ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރަން ސަރުކާރުން ވިސްނަމުންދާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވުމާ ގުޅިގެންނެވެ.

https://sun.mv/222688

މިދިޔަ މޭ މަހުގެ 31 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިޙްސާން ވިދާޅުވީ، ދުންފަތުން ނަގާ ޑިއުޓީ އަށް ރުފިޔާއަށް ބޮޑުކުރީ ވޭޕް މަނާކުރުމުން އެ ބޭނުންކުރާ މީހުން ކުއްލިއަކަށް ސިނގިރޭޓަށް ބަދަލުވެދާނެ ކަމަށްބަލައި، އެކަން ކޮންޓްރޯލްކުރުމުގެ ގޮތުން ކަމަށެވެ. ނަމަވެސް، ޑަބްލިއުއެޗްއޯއިން ދިރާސާކުރުމަށް ފަހު ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރަން ސަރުކާރަށް ލަފާދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިއީ އަޅުގަނޑުމެން ހަމަ ކޮންސިޑާކުރަމުން އަންނަ ރޭޓެއް މިހާރު ވެސް. އަދި ކަމާބެހޭ ހުރިހާ އިދާރާތަކާއި މިކަމުގައި ޑިޒިޝަން ނެގުމުގައި ހުރިހާ ސްޓޭކްހޯލްޑަރުންނާ އަޅުގަނޑުމެން މަޝްވަރާ ކުރާނަން. އެ ރޭޓަށް ދާން އެންމެން އެއްބަސްވާނަމަ ރައްޔިތުންގެ މަޖިލީހަށް އެ ރެކޮމެންޑޭޝަން ސަރުކާރުން އަރުވާނެ،" އިޙްސާން ވިދާޅުވިއެވެ.

https://sun.mv/222707

ސަރުކާރުން މިފަދަ ނިންމުމެއް ނިންމާއިރު ދުނިޔޭގެ ބޮޑެތި މާލީ އިދާރާތަކާއި ފަންނީ މާހިރުންގެ ލަފައަށް ބަލާނެ ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް، ސިއްހީ މާހިރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޑިއުޓީ ކުޑަކުރުމުން ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރު އިތުރުވުމެވެ.

ފާހަގަކުރެވޭ ގޮތުގައި، މިދިޔަ ނޮވެންބަރު މަހުން ފެށިގެން ދުންފަތުގެ ޑިއުޓީ ބޮޑުކުރުމާ ގުޅިގެން ސިނގިރޭޓް ފޮއްޓެއްގެ އަގު ވަނީ 110 ރުފިޔާއިން 250 ރުފިޔާއަށް އުފުލިފައެވެ.

މީގެ ސަބަބުން ސިނގިރޭޓް ވިޔަފާރި ދަށްވެފައިވާ ކަމަށް ބައެއް ވިޔަފާރިވެރިން ބުނާއިރު، ވަގަށް ސިނގިރޭޓް އެތެރެކުރުމާއި އަމިއްލައަށް ސިނގިރޭޓް އުފައްދަން ބޭނުންކުރާ ތަކެތީގެ ވިޔަފާރި އިތުރުވަމުންދާ ކަމުގެ ކަންބޮޑުވުންތައް ވެސް ވަނީ ފާޅުކޮށްފައެވެ.

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 8 ރުފިޔާއިން 4 ރުފިޔާއަށް ކުޑަކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލަފާދީފައިވާކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވި ނަމަވެސް، އެކަމާ ގުޅިގެން އެ ޖަމިއްޔާގެ ރަސްމީ ބަހެއް ހޯދުމަށް ނޫސްވެރިން ކުރި މަސައްކަތަށް އެއްވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ. މީގެ ކުރިން ސަރުކާރުން ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރީ ވޭޕް މަނާކުރުމާއެކު އާންމުން ސިނގިރޭޓަށް ބަދަލުވުން ކޮންޓްރޯލްކުރުމުގެ މަގުސަދުގައެވެ. ސަރުކާރުން މިހާރު ވިސްނަމުންދަނީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު، ޑިއުޓީ ކުޑަކުރުމުގެ ހުށަހެޅުން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށެވެ. އެހެންނަމަވެސް، ޑިއުޓީ ކުޑަކޮށްފިނަމަ އަލުން ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރު އިތުރުވެދާނެކަމުގެ ކަންބޮޑުވުން ސިއްހީ ދާއިރާގެ ތަޖުރިބާކާރުން އަންނަނީ ފާޅުކުރަމުންނެވެ. މިދިޔަ އަހަރުގެ ނޮވެންބަރު މަހު ޑިއުޓީ ބޮޑުކުރުމާ ގުޅިގެން ސިނގިރޭޓު ފޮއްޓެއްގެ އަގު ވަނީ 250 ރުފިޔާއަށް އުފުލިފައެވެ. މިކަމުގެ ސަބަބުން ގާނޫނީ ގޮތުން ކުރާ ސިނގިރޭޓުގެ ވިޔަފާރި ދަށްވެފައިވީ ނަމަވެސް، ވަގަށް ސިނގިރޭޓު އެތެރެކުރުމާއި އަމިއްލައަށް ސިނގިރޭޓު އޮޅައިގެން ބޭނުންކުރުން ފަދަ ކަންކަން އިތުރުވަމުންދާކަން ވިޔަފާރިވެރިން ފާހަގަކުރެއެވެ.

  • ދުންފަތުގެ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލަފާދީފައިވާކަމަށް ސަރުކާރުން ބުނެފައިވެއެވެ.
  • މިކަމާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ބަހެއް ހޯދުމަށް ކުރި މަސައްކަތަށް އެއްވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ.
  • ޑިއުޓީ ކުޑަކޮށްފިނަމަ ދުންފަތުގެ އިސްތިއުމާލުކުރާ ނިސްބަތް އިތުރުވެދާނެކަމުގެ ބިރު ސިއްހީ މާހިރުންގެ އެބައޮތެވެ.
  • ޑިއުޓީ ބޮޑުކުރުމުގެ ސަބަބުން ސިނގިރޭޓު ފޮއްޓެއްގެ އަގު ބޮޑުވެ، ބްލެކް މާކެޓުގެ ވިޔަފާރި ވަނީ އިތުރުވެފައެވެ.
comment ކޮމެންޓް