"ބަލިވީ ކުޑަ ތަފާތަކުން'': ސަރުކާރުން ބުނަނީ މިއީ ކާމިޔާބީއެއް ކަމަށް!

ހިތަދޫ މޫލެކެޑެ ދާއިރާގެ ކުރީގެ ކައުންސިލަރު އަޙްމަދު ސަޢީދު: ސަޢީދަށް އިންތިޚާބު ކާމިޔާބުނުވި ނަމަވެސް ޕީއެންސީން ދެކެނީ ކާމިޔާބެއް ގޮތުގައި --- ސްކްރީންޝޮޓް: ޕީއެންސީ ފީޑު

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ އައު މެންބަރު ކަމަށް އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އަދި އައްޑޫގެ ކުރީގެ މޭޔަރު ޢަބްދުالله ޞާދިޤް (ސޯބެ) އިންތިޚާބުވީ ކުޑަ ތަފާތަކުން ކަމަށާއި، މިއީ ސަރުކާރަށް ލިބުނު ކާމިޔާބެއް ގޮތަށް ވެރިކަންކުރާ ޕީއެންސީން ސިފަކޮށްފިއެވެ.

މިއަދު ބޭއްވި ބައި-އިލެކްޝަންގެ ނަތީޖާ ދައްކާ ގޮތުން، އިންތިޚާބުގައި ވޯޓުލީ 2،730 މީހުންގެ ތެރެއިން ސޯބެއަށް ލިބުނީ 1،375 ޕަސެންޓެވެ. އަދި ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ހިތަދޫ މޫލެކެޑެ ދާއިރާގެ ކުރީގެ ކައުންސިލަރު އަޙްމަދު ސަޢީދު (ސޮޑާ)އަށް ލިބުނީ 1،313 ވޯޓެވެ.

ސާޅީސް ދެ ބާތިލު ވޯޓު ވެސް އޭގެ ތެރޭ ހިމެނުނެވެ.

އެހެންކަމުން، އިލެކްޝަންސް ކޮމިޝަނުގެ ނަތީޖާ ދައްކާ ގޮތުން، ސޯބެ މި އިންތިޚާބު ކާމިޔާބުކުރެއްވީ 62 ވޯޓުގެ ތަފާތުންނެވެ.

https://sun.mv/222944

ވަކިވަކި ފޮށިތަކަށް ބަލާއިރު، އިންތިޚާބުގައި ބެހެއްޓި ހަތް ފޮށީގެ ތެރެއިން ހަތަރު ފޮށްޓަކުން ކުރި ހޯދީ ސަޢީދެވެ. ސޯބެއަށް ކުރި ލިބުނީ ތިން ފޮށިންނެވެ.

މި ސަރުކާރުގެ އާޓްސް މިނިސްޓަރު ހީނާ ވަލީދު ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައިވަނީ، އައްޑޫގައި ބަހައްޓައިފައި ހުރި ފޮށިތަކުން ސަޢީދަށް ކުރި ލިބުނުކަން ފާހަގަކުރައްވައިފައެވެ.

"ތިން ރައީސުންގެ ތާއީދާއެކު 62 ވޯޓުގެ ތަފާތަކީ އުއްމީދީ ނަތީޖާއެއް،" ސޯބެއަށްވެސް މަރުހަބާ ދަންނަވައި، ހީނާ ކުރެއްވި އެ ޕޯސްޓުގައިވެއެވެ.

މީގެ އިތުރުން، ޕީއެންސީގެ ހިތަދޫ މެދު ދާއިރާގެ ނައިބު ރައީސް ޙުސައިން ރަޝީދު 'ފޭސްބުކް'ގައި ކުރެއްވި ޕޯސްޓެއްގައިވަނީ، އައްޑޫ ހިތަދޫ އުތުރުގެ ބައި-އިލެކްޝަންގެ ނަތީޖާއަކީ ކުރީގެ ތިން ރައީސުންނާ ވާދަކުރައްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހޯއްދެވި "ތާރީޚީ" ކާމިޔާބެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.

އަދި ޕީއެންސީގެ ބައެއް އެކްޓިވިސްޓުން ވަނީ، ހިތަދޫގައި ބެހެއްޓި ވޯޓުފޮށިތަކުން ކާމިޔާބު ހޯއްދަވައިފައިވަނީ ސަޢީދުކަން ފާހަގަކުރައްވައިފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ކުރީގެ ދެ ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދާއި އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިތުރުން، ސޯބެއަށް ތާއީދުކުރައްވާކަން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ހާމަކުރައްވައިފައެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ގޮނޑި ފުރުއްވަމުން ގެންދެވި ކުރީގެ މެންބަރު މުޙައްމަދު ސިނާން (ސިނާ) އާއި އިތުރު ބަޔަކު އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދެއްކުމުގެ ސަބަބުން، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އޭޕްރީލް މަހުގެ 12ވަނަ ދުވަހު ކަނޑައެޅުމާ ގުޅިގެންނެވެ.

ފާހަގަކުރެވޭ ގޮތުގައި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނާ ސަރުކާރުން ކުރިމަތިލީ މިދިޔަ އޭޕްރިލް މަހު ބޭއްވި ކައުންސިލް އިންތިޚާބާއި، މައި ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނެގި ޚިޔާލު ހޯދުމުގެ ވޯޓުގައި ކުރިމަތިވި ބޮޑު ނާކާމިޔާބީއަށް ފަހެވެ.

ސޯބެ ހިތަދޫ އުތުރުގެ ގޮނޑި ކާމިޔާބުކުރެއްވުމުން، ދެން މަޖިލީހުގައި އިދިކޮޅު އެމްޑީޕީގެ 13 މެންބަރުން ތިއްބަވާނެއެވެ. އެއާއެކު، ދެން މަޖިލީހުގައި ޕީއެންސީ ތަމްސީލުކުރައްވާނީ 74 މެންބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އަދި އައްޑޫގެ ކުރީގެ މޭޔަރު ޢަބްދުالله ޞާދިޤް ކާމިޔާބުކުރައްވައިފިއެވެ. އޭނާ މި ގޮނޑި ކާމިޔާބުކުރެއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު ސަޢީދާ ވާދަކުރައްވައި 62 ވޯޓުގެ ކުޑަ ތަފާތަކުންނެވެ. މި އިންތިޚާބުގައި ޕީއެންސީއަށް ލިބުނު ވޯޓުގެ ނިސްބަތަށް ބަލައި، ސަރުކާރުން ވަނީ މިއީ އުންމީދީ ނަތީޖާއެއްކަމަށް ބުނެފައެވެ. މި ގޮނޑި ހުސްވީ ކުރިން އެ މަޤާމުގައި ހުންނެވި މެންބަރުގެ ޝަރުޠު ފުރިހަމަނުވާކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ. މި ނަތީޖާއާއެކު ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރާ މެންބަރުންގެ ޢަދަދު ވަނީ 13 އަށް އިތުރުވެފައެވެ.

  • އިންތިޚާބުގައި ވޯޓުލީ 2730 މީހުންގެ ތެރެއިން 1375 ވޯޓު ހޯއްދަވައިގެން ކުރި ހޯއްދެވީ ޢަބްދުالله ޞާދިޤެވެ.
  • ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު ސަޢީދަށް 1313 ވޯޓު ލިބިވަޑައިގެންނެވިއިރު، ބެހެއްޓުނު 7 ފޮށީގެ ތެރެއިން 4 ފޮށިން އޭނާ ކުރިހޯއްދެވިއެވެ.
  • ކުރީގެ 3 ރައީސުންގެ ތާއީދާއެކުވެސް އެމްޑީޕީއަށް ލިބުނީ ކުޑަ ކުރިއެރުމެއްކަމަށްވުމުން، މިއީ ސަރުކާރަށް ލިބުނު ކާމިޔާބީއެއްކަމަށް މިނިސްޓަރ ހީނާ ވަލީދު ވިދާޅުވިއެވެ.
  • މަޖިލީހުގައި މިހާރު ތިއްބަވާނީ ޕީއެންސީގެ 74 މެންބަރުންނާއި އެމްޑީޕީގެ 13 މެންބަރުންނެވެ.
  • އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީން ކާމިޔާބުކޮށްފިއެވެ.
  • ދެ ޕާޓީގެ ދެމެދުގައި ހުރީ 62 ވޯޓުގެ ވަރަށް ކުޑަ ތަފާތެކެވެ.
  • ޕީއެންސީން މި ނަތީޖާ ބަލައިގަތީ ސަރުކާރަށް އޮތް ތާއީދު އިތުރުވަމުންދާކަމުގެ ހެއްކެއްގެ ގޮތުގައެވެ.
  • މަޖިލީހުގެ މެޖޯރިޓީ އަދިވެސް އޮތީ ސަރުކާރު ހިންގާ ޕީއެންސީއަށެވެ.
comment ކޮމެންޓް