ހަ ކޯހުގެ ފަންނީ ތަމްރީނަށް ފަހު، ވަތަނީ ޚިދުމަތުގެ 63 ޒުވާނުން ދަސްވެނިއްޖެ

ވަތަނީ ޚިދުމަތުގެ ފުރަތަމަ ބެޗުގެ ދަރިވަރުންތަކެއް ފަންނީ ތަމްރީނެއްގައި ----

ހަ ކޯހުގެ ފަންނީ ތަމްރީނަށް ފަހު، ވަތަނީ ޚިދުމަތުގެ ފުރަތަމަ ބެޗުގެ 63 ޒުވާނުން މިއަދު ދަސްވެނިވެއްޖެއެވެ.

މި ގޮތުން، ފުރަތަމަ ބެޗުގެ ދަރިވަރުން ތަމްރީނު ހެދީ، ޅ. މާފިލާފުށީގައެވެ. އެ ތަމްރީނުތަކަށް ފަހު، މިދިޔަ އަހަރުގެ ޑިސެންބަރު 28 ގައި 344 ދަރިވަރުން އެ ޕްރޮގްރާމުން ދަސްވެނިވިއެވެ.

ކުޑަ ދުވަސްކޮޅެއްގެ ބްރޭކަކަށް ފަހު، އޭގެ ތެރެއިން ބޭނުންވާ ދަރިވަރުން ވަނީ އިތުރު ތަމްރީނަށް ބ. ކިހާދޫއަށް ފޮނުވާފައެވެ. އެއީ، 65 ދަރިވަރުން ކަމަށްވާއިރު، މިއަދު އޭގެތެރެއިން ދަސްވެނިވީ 63 ކުދިންނެވެ. އެއީ، 35 ރަށަކަށް ނިސްބަތްވާ 14 އަންހެން ކުދިންނާއި 49 ފިރިހެން ކުދިންނެވެ.

އެ ކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ސުކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސްގެ ކޮމާންޑިން އޮފިސަރު މޭޖާ ހުސައިން ޝާހިދު ވިދާޅުވީ، މިދިޔަ ހަތަރު މަސް ދުވަހު އެ ޒުވާނުން ހަ ކޯހެއްގެ ފަންނީ ތަމްރީނު ފުރިހަމަކުރި ކަމަށެވެ.

ސުކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސްގެ ކޮމާންޑިން އޮފިސަރު މޭޖާ ހުސައިން ޝާހިދު -----

އެއީ، ސެޓްފިކެޓް ލެވެލް ތިނެއްގެ އޮޓޯ މޮބައިލް އިންޖިނިއަރިން ކޯހާއި މެރިން އިންޖިނިއަރިން ކޯހާއި އިލެކްޓްރީޝަން ކޯހާއި ރެފްރިޖެރޭޝަން އެންޑް އެއާ ކޮންޑިޝަނިން ކޯހާއި ވެލްޑިން އެންޑް ފެބްރިގޭޝަން ކޯހާއި އޮފީސް މެނޭޖުމަންޓް ކޯހެވެ.

އެ ކޯސްތަކުގެ ނަތީޖާތައް ވެސް އޭނާ ވަނީ ކިޔައިދެއްވާފައެވެ. މި ގޮތުން، 32 ޒުވާނުން 85 އިންސައްތައަށް ވުރެ މަތިން ހާސިލުކޮށް، ހަޔާ ޑިސްޓްކްޝަން ލެވެލްގައި ފާސްވިއިރު، 18 ދަރިވަރުން 75 އިންސައްތައަށްވުރެ މަތިން މާކްސް ހޯދިއެވެ. އެ ދަރިވަރުން ފާސްވީ، ޑިސްޓިންކްޝަން ލެވެލްގައެވެ.

މީގެ އިތުރުން، 11 ދަރިވަރުން 65 އިންސައްތައަށް ވުރެ މަތިން ހާސިލުކޮށްފައިވާއިރު، އެއް ދަރިވަރަކު ފާސްވީ 50 އިންސައްތައަށް ވުރެ މަތިން މާކްސް ހޯދައިގެނެވެ.

https://sun.mv/222096

ޝާހިދު ވިދާޅުވި ގޮތުގައި، އެ ސެޓްފިކެޓްތަކުގެ ސަބަބުން ޒުވާނުންނަށް ވަޒީފާ ލިބި، މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ފަހިވާނެއެވެ.

އަޅުގަނޑު ދަންނަވާނީ މިއަދު މި ދަސްވެނިވާ ޒުވާނުންނަކީ ސިފަވަންތަ، ހުނަރުވެރި، ގާބިލު، އަދި ޒިންމާދާރު ދަރިންތަކެއް ކަމުގައި،ސުކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސްގެ ކޮމާންޑިން އޮފިސަރު މޭޖާ ހުސައިން ޝާހިދު

ފާހަގަކުރެވޭ ގޮތުގައި، ވަތަނީ ޚިދުމަތުގެ ދެވަނަ ބެޗުގެ 344 ޒުވާނުން ވެސް މިދިޔަ އާދިއްތަ ދުވަހު ވަނީ ދަސްވެނިވެފައެވެ.

އެ ޕްރޮގްރާމަކީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ޚާއްސަ އިސްނެންގެވުމެކެވެ. މި ޕްރޮގްރާމުގެ ސަބަބުން، ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިސްނެންގެވުމަށް ކުރިއަށްގެންދާ ވަތަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ފުރަތަމަ ބެޗުގައި ހިމެނޭ 63 ޒުވާނަކު، ހަ ކޯހެއްގެ ފަންނީ ތަމްރީނު ފުރިހަމަކުރުމަށްފަހު މިއަދު ވަނީ ދަސްވެނިވެފައެވެ. ބ. ކިހާދޫގައި ކުރިއަށްގެންދިޔަ މި ތަމްރީނުތަކުން ދަސްވެނިވި ދަރިވަރުންގެ ތެރޭގައި 35 ރަށަކަށް ނިސްބަތްވާ 14 އަންހެން ކުދިންނާއި 49 ފިރިހެން ކުދިން ހިމެނެއެވެ. މި ދަރިވަރުން ފުރިހަމަކޮށްފައިވަނީ ސެޓްފިކެޓް ލެވެލް ތިނެއްގެ އޮޓޯމޮބައިލް އިންޖިނިއަރިން، މެރިން އިންޖިނިއަރިން، އިލެކްޓްރީޝަން، ރެފްރިޖެރޭޝަން އެންޑް އެއާކޮންޑިޝަނިން، ވެލްޑިން އެންޑް ފެބްރިކޭޝަން އަދި އޮފީސް މެނޭޖްމަންޓް ކޯހެވެ. ދަސްވެނިވި ޒުވާނުންނަކީ ސިފަވަންތަ އަދި ގާބިލު ބައެއްކަމަށް ސުކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސްގެ ކޮމާންޑިން އޮފިސަރު މޭޖާ ހުސައިން ޝާހިދު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވަތަނީ ޚިދުމަތުގެ ދެވަނަ ބެޗުގެ 344 ޒުވާނުންވެސް މިދިޔަ އާދިއްތަ ދުވަހު ވަނީ ދަސްވެނިވެފައެވެ.

  • މިއަދު ދަސްވެނިވީ ވަތަނީ ޚިދުމަތުގެ ފުރަތަމަ ބެޗުގެ ތެރެއިން އިތުރު ތަމްރީނު ފުރިހަމަކުރި 63 ޒުވާނުންނެވެ.
  • ދަރިވަރުން ތަމްރީނު ފުރިހަމަކުރީ މައިގަނޑު 6 ފަންނީ ދާއިރާއަކުން، ސެޓްފިކެޓް ލެވެލް 3 ގައެވެ.
  • ކޯހުން ދަސްވެނިވި 32 ދަރިވަރުން 85 އިންސައްތައަށްވުރެ މަތިން މާކްސް ހޯދައި ހަޔާ ޑިސްޓިންކްޝަން ހާސިލުކުރިއެވެ.
  • މިއީ ޒިންމާދާރު، ގާބިލު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ މުހިންމު ޕްރޮގްރާމެކެވެ.
comment ކޮމެންޓް