މާތިލާފުށިން މާލެއަށް ދަތުރުކުރަމުންދިޔަ ލޯންޗެއް ފަޅައިގެންގޮސް، އޭގައި ތިބި ގިނަ އަދަދެއްގެ ބަޔަކު ކަނޑުވި ހާދިސާއާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ހަރަކާތްތެރިވަމުންނެވެ. މިގޮތުން، މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަންގައި މެރިން ޕޮލިސްގެ ދެ އުޅަނދެއް މިހާރު ދަނީ އެ ސަރަހައްދުގައި މަސައްކަތްކުރަމުންނެވެ.
މީސްމީޑިއާގައި އާންމުވެފައިވާ މަންޒަރުތަކުން ފެންނަ ގޮތުގައި، ހާދިސާ ހިނގި ލޯންޗު ވަނީ އެއްބައި އަޑިއަށްގޮސްފައެވެ. އަދި އޭގައި ދަތުރުކުރި މީހުން ލައިފް ޖެކެޓު އަޅައިގެން ކަނޑުމަތީގައި ތިބިކަން ކަށަވަރުކުރެވެއެވެ. މިކަމާ ގުޅޭ އިތުރު ތަފުސީލެއް ރަސްމީ އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
- މާތިލާފުށިން މާލެއަށް ދަތުރުކުރި ލޯންޗެއް ފަޅައިގެންގޮސް ބޮޑު ހާދިސާއެއް ހިނގައިފި.
- ހާދިސާގެ ރިޕޯޓު ލިބުމާއެކު، މެރިން ޕޮލިސްގެ ދެ ލޯންޗަކުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފަށައިފި.
- ލޯންޗު ފަޅައިގެންގޮސް އެއްބައި އަޑިއަށް ގޮސްފައިވާއިރު، ގިނަ ބަޔަކު ވަނީ ކަނޑުވެފައި.
- ކަނޑުވި މީހުން ސަލާމަތްވުމަށްޓަކައި ލައިފް ޖެކެޓު ބޭނުންކޮށްގެން ފެންމަތީގައި ތިބިކަން ވީޑިއޯތަކުން ކަށަވަރުވެފައިވޭ.
މާތިލާފުށިން މާލެއަށް ދަތުރު ކުރި ލޯންޗެއް ފަޅައިގެން ގޮސް، އެ ލޯންޗުގައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މާތިލާފުށިން މާލެއަށް ދަތުރު ކުރި ލޯންޗެއް ފަޅައިގެން ގޮސްފައިވާ ކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބުމާ ގުޅިގެން، މެރިން ޕޮލިސް ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.
އަދި މީހުން ސަލާމަތްކުރުމަށް މެރިން ޕޮލިސްގެ ދެ ލޯންޗެއް އެ ސަރަހައްދުގަައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
ނަމަވެސް އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެ ލޯންޗުން ދަތުރުކުރި ގިނަ އަދަދެއްގެ މީހުން ވަނީ ކަނޑުވެފައެވެ. އަދި ލޯންޗު އޮތީ އެއްބައި އަޑިއަށް ވެސް ގޮސްފައެވެ.
އަދި ކަނޑުވެފައިވާ މީހުން ލައިފް ޖެކެޓުގެ އެހީގައި ފެންމަތީގައި އޮތް މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ.