ފަހާ ތަނެއްގައި ޒުވާން އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބިދޭސިއަކު ހައްޔަރުކޮށްފި

މާލޭގައި ފަހާ ތަނަކަށް ވެއްދުމަށް ފަހު ޒުވާން އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބިދޭސިއަކު ހައްޔަރުކުރަނީ --- ފޮޓޯ: ސްކްރީންޝޮޓް

މާލޭގައި ފަހާ ތަނަކަށް ވެއްދުމަށް ފަހު ޒުވާން އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބިދޭސިއަކު ހައްޔަރުކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓެއްގައިވަނީ، ބިދޭސީ ފިރިހެނަކު މާލޭގައި ހުންނަ ފަހާ ތަނަކަށް ދިިޔަ އުމުރުން 19 އަހަރުގެ އަންހެނަކު ހެދުމުގެ މިން ނަގަން ޗޭންޖިން ރޫމަށް ވެއްދުމަށް ފަހު އެ ޒުވާނާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތަށް ބިދޭސިއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެއީ ކޮން ގައުމަކަށް ނިސްބަތްވާ ބިދޭސީއެއް ކަން ފުލުހުން ނުބުނެއެވެ.

މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

https://sun.mv/229832

ފާހަގަކުރެވޭ ގޮތުގައި ދެކުނު ރަށެއްގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ނުވަ މީހަކު މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރެއިން ފަސް މީހެއްގެ ބަންދު އިތުރުކޮށްފައި ވެސް ވެއެވެ.

ރާއްޖޭގައި ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު އަންނަނީ އިތުރުވަމުންނެވެ. ފުލުުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ އަހަރު ޖިންސީ ކުށުގެ 272 މައްސަލައެއް ރިޕޯޓުކުރިއިރު، މި އަހަރުގެ މިހާތަނަށް އެފަދަ 228 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ.

comment ކޮމެންޓް