ނޫސްވެރިންގެ ހައްގުގައި ނުކުތް ކުރީގެ ނޫސްވެރިޔާ ހުސައިން ހައްޔަރުކޮށްފި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި ކުރީގެ ނޫސްވެރިޔާ ހުސައިން ހަސަން---

މާލޭގައި ނޫސްވެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް ބާއްވަން އުޅުނު އިހުތިޖާޖެއް ފެށުމުގެ ކުރިން، ކުރީގެ ނޫސްވެރިޔާ ހުސައިން ހަސަން އާއި އިތުރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އެ މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އެންގުންތަކާ އެއްގޮތަށް އަމަލުކުރަމުން ދަނިކޮށް، ކުއްލި ގޮތަކަށް އެއްވެސް އިންޒާރަކާ ނުލައި ކަމަށް މަންޒަރު ދުށް ފަރާތްތަކުން ވަނީ ބުނެފައެވެ.

  • ނޫސްވެރިންގެ ދިފާއުގައި ބޭއްވި އިހުތިޖާޖު ފެށުމުގެ ކުރިން ހުސައިން ހަސަން ހައްޔަރުކުރުން.
  • ހުސައިންގެ އިތުރުން އެހެން މީހަކުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުން.
  • ހައްޔަރުކުރީ އެއްވެސް އިންޒާރަކާ ނުލައި ކުއްލި ގޮތަކަށް ކަމަށް މަންޒަރު ދުށް މީހުން ބުނުން.
  • މީގެ ކުރީ ރޭވެސް އެތައް ސަތޭކަ ބަޔަކާއެކު ނޫސްވެރިންގެ ހައްގުގައި އިހުތިޖާޖުކޮށްފައިވުން.

ނޫސްވެރިންގެ ދިފާއުގައި މާލޭގައި މިރޭ ބޭއްވުމަށް އިންތިޒާމުކުރި އިހުތިޖާޖު ފެށުމުގެ ކުރިން، ކުރީގެ ނޫސްވެރިޔާ ހުސައިން ހަސަން އެއްވެސް އިންޒާރަކާ ނުލައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި ހާދިސާގައި ހުސައިން ހަސަންގެ އިތުރުން އިތުރު މީހަކު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި، އެ ދެ މީހުން ހައްޔަރުކުރީ ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް މަޖީދީމަގަށް ނުނިކުމެ، ޗާންދަނީ މަގުގައި މަޑުކޮށްގެން ތިއްބައެވެ.

އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކުއްލި ގޮތަކަށް އެއްވެސް އެންގުމަކާ ނުލައި ކަމަށް ވެސް މަންޒަރު ދުށް ފަރާތްތަކުން ބުނެއެވެ.

ރޭ ވެސް ވަނީ މާލޭގައި ނޫސްވެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް ގޮވައިލައި އެތައް ސަތޭކަ ބަޔަކާ އެކު އިހުތިޖާޖުކޮށްފައެވެ.

comment ކޮމެންޓް