ކުޑަކުދިންތަކަކަށް ޖިންސީގޯނާކުރިކަން ސާބިތުވެ ކަނޑުހުޅުދޫ މީހަކު 15 އަހަރަށް ޖަލަށް

ކުޑަކުދިންތަކަކަށް ޖިންސީގޯނާކުރިކަން ސާބިތުވެ 15 އަހަރަށް ޖަލަށް ލާން ހުކުމް ކުރެވުނު ކަނޑުހުޅުދޫ މީހާ --

ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ގއ. ކަނޑުހުޅުދޫއަށް ނިސްބަތްވާ އުމުރުން 43 އަހަރުގެ ޝަރަފުﷲ އިސްމާޢީލްގެ މައްޗަށް ކުށް ސާބިތުވެއްޖެއެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް މިދިޔަ މަހުގެ 30 ވަނަ ދުވަހު ވަނީ އިއްވާފައެވެ. ފުލުހުން ބުނާގޮތުގައި މިއީ އަމާން މުޖުތަމައެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

  • ގއ. ކަނޑުހުޅުދޫ މީހެއްގެ މައްޗަށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަން ސާބިތުވުން
  • ކުށް ސާބިތުވި ޝަރަފުﷲ އިސްމާޢީލްގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް އިއްވުން
  • މި ހުކުމް އިއްވާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު އަމަލުކުރާ ހާއްސަ ގާނޫނުގެ ދަށުންކަން
  • މިއީ ރާއްޖެ އަމާން ތަނަކަށް ހެދުމަށް ފުލުހުން ކުރާ މަސައްކަތަށް ލިބުނު ކުރިއެރުމެއްކަމަށް ބަޔާންކުރުން

ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރި، ކުޑަކުދިންތަކަކަށް ޖިންސީގޯނާކުރި ކަމުގެ މައްސަލައެއްގައި މީހެއްގެ މައްޗަށް ކުށްސާބިތުވެ 15 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައި ވަނީ މުރަކަ / ގއ. ކަނޑުހުޅުދޫ، 43 އަހަރުގެ، ޝަރަފުﷲ އިސްމާޢީލްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ.

މި މައްސަލައިގައި ހުށަހެޅުނު ހެކިތަކަށާއި ގާނޫނީ ބަހުސްތަކަށް ބެލުމަށްފަހު، ޝަރަފުﷲ އިސްމާޢީލްގެ މައްޗަށް ކުށް ސާބިތުވާކަމަށް ވަނީ ކަނޑައަޅައިފައެވެ. އެ ކުށުގެ އަދަބެއްގެ ގޮތުން 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކޯޓުން ހުކުމްކޮށްފައި ވަނީ މިދިޔަ މަހުގެ 30ވަނަ ދުވަހެވެ.

ފުލުހުން ބުނި ގޮތުގައި މިއީ ރާއްޖެއަކީ ކުށް މަދު، އަމާން މުޖުތަމައެއް ގާއިމުކުރެވިފައިވާ ތަނަކަށް ހެދުމަށްޓަކައި ފުލުހުންގެ ޚިދުމަތުން ހުއްޓުމެއް ނެތި ކުރަމުންދާ މަސައްކަތުގެ ނަތީޖާއަށް ލިބުނު އިތުރު ކުރިއެރުމެކެވެ.

comment ކޮމެންޓް