ރާއްޖޭގައި ފުރަތަމަ ފަހަރަށް ޒިޕްލައިނެއް ތަޖުރިބާކޮށްލުމުގެ ފުރުސަތު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޒިޕްލައިނެއް ތަޖުރިބާކޮށްލުމުގެ ފުރުސަތު --- ފޮޓޯ: ޒިޕްލައިން މޯލްޑިވްސް

ރާއްޖޭގައި ފުރަތަމަ ފަހަރަށް މީހުން ދިރިއުޅޭ ރަށެއްގައި ޒިޕްލައިނެއް ތަރައްގީކޮށް ޓެސްޓިން މަރުހަލާ ފަށައިފިއެވެ.

ޒިޕްލައިނަކީ ގްރެވިޓީގެ ސަބަބުން މީހަކު ނުވަތަ މުދާ މަތިން ތިރިއަށް ދަތުރުކުރެވޭނެ ގޮތަށް އިންކްލައިންޑް ސްޓެއިންލެސް ސްޓީލް ކޭބަލެއްގައި އަޅުވާފައި ހުންނަ ޕުލީއެއް އެކުލެވޭ ރިކްރިއޭޝަނަލް އެކްޓިވިޓީއެއް ނުވަތަ ދަތުރުފަތުރުގެ އުސޫލެކެވެ.

'ސަން'އަށް މައުލޫމާތު ދެމުން ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ ކ. މާފުށީ ކައުންސިލްގެ ރައީސް ހަސަން ޞަލާހް ވިދާޅުވީ ޒިޕްލައިނާ ޕްރޮޖެކްޓަކީ މާފުއްޓާއި ކައިރީގައި އޮންނަ ވައްމާފުށީގައި ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމަށެވެ.

ޕި ޕްރޮޖެކްޓަކީ ޕިކްނިކް އައިލެންޑް ތަރައްގީކުރުމުގެ ތެރެއިން، މާފުށީ ލޯކަލް އޮތޯރެޓީ ކޮމްޕެނީއިން ބަޔަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމަށާއި ޒިޕްލައިނާއަކީ ޕްރޮޖެކްޓުގައި ހިމެނޭ ބައެއް ކަމަށް ކައުންސިލް ރައީސް ވަނީ މައުލޫމާތު ދީފައެވެ.

އެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން ކައުންސިލް ރައީސް ވިދާޅުވީ، އެ މަސައްކަތުގެ ދަށުން އަޅަންޖެހޭ ޓަވަރުތަކުގެ މަސައްކަތް ނިންމައި އިންސްޓޮލޭޝަންގެ މަސައްކަތަށްފަހު މިހާރު ކުރިއަށްދަނީ ޓެސްޓިންގެ މަރުހަލާ ކަމަށެވެ.

އަދި މަސައްކަތްކުރަނީ އަންނަން އޮތް ބޮޑު އީދަށް އާންމުންނަށް ޒިޕްލައިން ހުޅުވާލުން ކަމަށް ކައުންސިލްގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގައި މިހާތަނަށް ގާއިމްކޮށްފައިވާ އެންމެ ދިގު ޒިޕްލައިން ގާއިމްކޮށްފައިވަނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ދެކުނު އެފްރިކާގައެވެ. އެއީ 3.2 ކިލޯމީޓަރު ނުވަތަ ގާތްގަނޑަކަށް ދެ މޭލު ދިގު ލިޕްލައިނެކެވެ.

comment ކޮމެންޓް