މީޑިއާގެ މައްސަލަތައް ބަލަން ބޭނުން ނުވިޔަސް، ޝަކުވާ ހުށަހަޅައިފިނަމަ ބަލަން މަޖުބޫރުވޭ: މީޑިއާ ކޮމިޝަން

ނޫސްވެރިން ކުރި މުޒާހަރާއެއްގެ ތެރެއިން: މީޑިއާގެ މައްސަލަތައް ބަލަން ބޭނުން ނުވިޔަސް ޝަކުވާ ހުށަހަޅައިފިނަމަ ބަލަން މަޖުބޫރުވާ ކަމަށް ކޮމިޝަނުން ވަނީ ބުނެފައި --- ސަން ފޮޓޯ/ މޫސާ ނަދީމް

މޯލްޑިވްސް ބްރޯޑްކާސްޓިން އެންޑް މީޑިއާ ކޮމިޝަނުން ބުނެފައިވަނީ، މީޑިއާތަކުގެ މައްސަލަތައް ބަލަން ބޭނުން ނުވިނަމަވެސް، ޝަކުވާއެއް ހުށަހަޅައިފިނަމަ ނުވަތަ ގާނޫނީ ގޮތުން ކޮމިޝަނަށް ލިބިދޭ ބާރުގެ ދަށުން މައްސަލަތައް ބަލަން މަޖުބޫރުވާކަމަށެވެ. މީޑިއާތައް ރެގިއުލޭޓުކުރުމަށް އަލަށް އެކުލަވާލި ގަވާއިދަށް އަމަލުކުރަން ފަށާފައިވާއިރު، ކޮމިޝަނުން ވަނީ އިސްލާމްދީނަށާއި އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ނޫސްވެރިންނަށް ގޮވާލާފައެވެ. މި ދަނޑިވަޅަކީ އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަދެ، ތަކެތި ގެންގޮސް، އެ ނޫހުގެ އިސްވެރިންގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ވަގުތެކެވެ. މިކަމާ ގުޅިގެން ނޫސްވެރިންނާއި އިދިކޮޅު ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭގެއިތުރުން ފުލުހުންގެ ތަހުގީގީ މިންގަނޑުތައް ކަނޑައެޅުމުގެ ބާރު ކޮމިޝަނަށް ލިބިފައިނުވާކަން ވަނީ ހާމަކޮށްފައެވެ.

  • ޝަކުވާއެއް ހުށަހަޅައިފިނަމަ މީޑިއާގެ މައްސަލަތައް ބަލަން ކޮމިޝަނަށް މަޖުބޫރުވުން
  • މީޑިއާތައް ރެގިއުލޭޓުކުރުމަށް އަލަށް އެކުލަވާލި ގަވާއިދަށް އަމަލުކުރަން ފެށުން
  • އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަދެ ތަކެތި ގެންގޮސް އިސްވެރިންގެ ޕާސްޕޯޓު ހިފެހެއްޓުން
  • ނޫސްވެރިންނާއި އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ފާޑުކިޔައި ކަންބޮޑުވުން ފާޅުކުރުން
  • ފުލުހުންގެ ތަހުގީގީ މިންގަނޑުތައް ކަނޑައެޅުމުގެ ބާރު ނެތްކަމަށް މީޑިއާ ކޮމިޝަނުން ބުނުން

މީޑިއާގެ މައްސަލަތައް ބަލަން ހަގީގަތުގައި ބޭނުންނުވި ނަމަވެސް، ކަންބޮޑުވުމެއް ނުވަތަ ޝަކުވާއެއް ހުށަހަޅައިފިނަމަ އެ މައްސަލައެއް ބަލަން މަޖުބޫރުވާ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން އެންޑް މީޑިއާ ކޮމިޝަން (އެމްއެމްބީސީ)ން މިރޭ ބުނެފިއެވެ.

މީޑިއާތައް ރެގިއުލޭޓުކުރުމުގެ ނަމުގައި މިހާރު އަމަލުކުރަމުންދާ 'މީޑިއާ ކޮންޓްރޯލް' ގާނޫނުގެ ދަށުން އަލަށް އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅާ ޝަކުވާތަކާއި މައްސަލަތައް ބަލައި ފިޔަވަޅުއެޅުމާ ގުޅޭ ގަވާއިދެއް އެކުލަވާލައި މިއަދު ވަނީ އަމަލުކުރަން ފަށާފައެވެ.

އެ ގަވައިދާ ގުޅުވައި ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެމްއެމްބީސީގެ ލީގަލް އޮފިސަރު އައިމިނަތު ރިފްގާ ވިދާޅުވީ، ނޫސްވެރިންގެ ހައްގުތައް ދަމަހައްޓައި، ޒިންމާދާރު ކުރުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަކީ ކޮމިޝަނަށް ލިބޭ އުފަލެއް ކަމަށެވެ.

އެމްއެމްބީސީގެ ލީގަލް އޮފިސަރު އައިމިނަތު ރިފްގާ: ވިދާޅުވީ، މީޑިއާގެ މައްސަލަތައް ބަލަން ބޭނުން ނުވިޔަސް ޝަކުވާ ހުށަހަޅައިފިނަމަ ބަލަން މަޖުބޫރުވާ ކަމަށް ----

ކޮންޓެންޓުތައް ބައްޓަން ކުރުމުގައި މިންގަނޑުތައް ހިފެހެއްޓުމަށް އިލްތިމާސްކުރައްވައި އޭނާ ވިދާޅުވީ، މީޑިއާތަކުގެ މައްސަލަތައް ބަލަން ހަގީގަތުގައި ބޭނުންނުވާ ކަމަށެވެ.

އަޅުގަނޑުމެނަށް މައްސަލަތައް ބަލަން މަޖުބޫރު ވެގެންދެޔޭ އަޅުގަނޑުމެނަށް ޝަކުވާ ހުށަހެޅޭނެ ކަމުގައި ވަނީނަމަ. އަދި، ކޮމިޝަނުގެ އިސްނެގުމުގެ މަތިން ވެސް މައްސަލަތައް ބަލަން މަޖުބޫރުވޭ ގާނޫނުގައި ފަހި ފުރުސަތު ދެއްވާފައި އޮތީމައިއެމްއެމްބީސީގެ ލީގަލް އޮފިސަރު އައިމިނަތު ރިފްގާ

މީގެއިތުރުން، އެމްއެމްބީސީގެ ސީނިއާ ލީގަލް ސަނިއްޔާ ހުސައިން ވިދާޅުވީ، އެ ކޮމިޝަނުގެ ސުލޫކީ މިންގަނޑާ އެއްގޮތަށް މީޑިއާތަކުން ކޮންޓެންޓުތައް ބައްޓަންކޮށްދިނުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. މިގޮތުން، އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތައި، އިންސާނީ ހައްގުތައް ރައްކާތެރިކޮށް އެ ނޫން ހަމަތައް ކޮންޓެންޓުތައް ހެދުމުގައި ދަމަހެއްޓުމަށް ސަނިއްޔާ އިލްތިމާސްކުރެއްވިއެވެ.

މީޑިއާ ކޮމިޝަނުން އެފަދައިން ބުނިއިރު، ފުލުހުން އަދަދު ނޫހުގެ އޮފީހަށް ވަދެ، އެ ތަނުގައި ހުރި ގިނަ އަދަދެއްގެ ސާމާނު ރޭ ވަނީ ގެންގޮސްފައެވެ. ފުލުހުން ވަނީ އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާއާއި އެޑިޓަރު ޙަސަން މުހައްމަދުގެ ޕާސްޕޯޓު ހިފަހައްޓާފައެވެ. އެ ކަމާ ގުޅިގެން ނޫސްވެރިންގެ ޖަމިއްޔާއާއި އިދިކޮޅު ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި ކަމާ ގުޅިގެން ރާއްޖެއާއި ބޭރުގެ ނޫސްވެރިން ވެސް އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

https://sun.mv/221255

އޭގެއިތުރަށް، އިދިކޮޅު އެމްޑީޕީއާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރައީސަކަށް ހުންނަވާ ޕީއެންއެފްގެ މުޒާހަރާތަކުގަައި ޕާޓީތަކުގެ ވެރިންނާއި މެންބަރުންގެ އަމިއްލަ ދިރިއުޅުމަށް ފާޑުނުކިޔުމަށް އަންގައި އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޕާޓީއަށް ސިޓީއެއް ފޮނުވާފައެވެ.

ރޭ ފުލުހުން އަދަދުގެ އޮފީހަށް ވަތް މައްސަލައާ ގުޅުވައި މީޑިއާ ކޮމިޝަނުން އެއްޗެއް ނުބުނާތީ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ފުލުހުންގެ ތަހުގީގީ މިންގަނޑުތައް ކަނޑައެޅުމުގެ ގާނޫނީ ބާރެއް ނެތް ކަމަށް ބުނެފައެވެ.

comment ކޮމެންޓް