ރައީސަށް ބޮޑު ތުހުމަތެއް ކުރި ޑޮކިއުމެންޓްރީގެ މައްސަލައިގައި އޮފީސް ބަލައި ފާސްކުރަން ފަށައިފި: އަދަދު

އަދަދުން ފަށައިފައިވާ ލައިވްގެ ތެރެއިން: ފުލުހުން އޮފީހަށް ވަނީ ޑޮކިއުމެންޓްރީއެއްގެ މައްސަލައިގައި ކަމަށް ބުނެފައިވޭ -- ފޮޓޯ/ އަދަދު، ފޭސްބުކް ލައިވް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ބޮޑެތި ތުހުމަތުތަކެއްކޮށް، އަދަދު ނޫހުގެ ފަރާތުން ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީއަކާ ގުޅިގެން، ދިވެހި ފުލުހުންގެ ޚިދުމަތުން އެ ނޫހުގެ އޮފީސް ބަލައި ފާސްކުރަން ފަށައިފިއެވެ. މިކަން ހާމަކޮށްފައިވަނީ ސީދާ އަދަދު ނޫހުންނެވެ. މިއީ ވަގުތުން ފެތުރެމުންދާ ޚަބަރަކަށްވާތީ، މައްސަލައިގެ އިތުރު ތަފުސީލުތައް އަދި ހާމަކޮށްފައެއް ނުވެއެވެ.

  • އަދަދު ނޫހުގެ އޮފީސް ފުލުހުން ބަލައި ފާސްކުރަން ފެށުން
  • މިކަން ގުޅިފައިވަނީ ރައީސް މުޢިއްޒަށް ތުހުމަތުކޮށް ނެރުނު ޑޮކިއުމެންޓްރީއަކާ
  • މި ޚަބަރު އެންމެ ފުރަތަމަ ރިޕޯޓުކޮށްފައިވަނީ އަދަދު ނޫހުން
  • މައްސަލައިގެ ފުރިހަމަ ތަފުސީލުތައް އަދި ލިބިފައެއް ނުވޭ

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތެއްކޮށް އަދަދު ނޫހުން އުފައްދައިފައިވާ ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން މިރޭ އެ ނޫހުގެ އޮފީސް ބަލައި ފާސްކުރަން ފަށައިފައިވާ ކަމަށް އަދަދު ނޫހުން ރިޕޯޓުކޮށްފިއެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު އަދަދު ނޫހުން ވަނީ، ނަން ހާމަނުކުރާ މީހަކު ދިން އިންޓަވިއުއެއްގެ މައްޗަށް ބިނާކޮށް، ރައީސަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުވާ ގޮތަށް ހަދައިފައިވާ ޑޮކިއުމެންޓްރީއެއް އާންމުކޮށްފައެވެ.

އަދަދު ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފުލުހުން މިރޭ ވަނީ ކޯޓު އަމުރަކާއެކު އެ ނޫހުގެ އޮފީހަށް ވަދެފައެވެ. އެ އަމުރުގައިވާ ގޮތުން ފުލުހުން ވަދެފައިވަނީ ޑޮކިއުމެންޓްރީގެ މައްސަލައިގައި ކަމަށް އެ ނޫހުގެ ނޫސްވެރިން ބުނެފައިވެއެވެ.

އަދަދު ނޫހުގެ ޗީފް އެޑިޓަރު ހުސެއިން ފިޔާޒް މޫސާ، ފުލުހުންނާ ވާހަކަދައްކަވަނީ --

އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނީ، އެ މުއައްސަސާއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން އަދަދު ނޫހުގެ އޮފީސް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ނުދެއެވެ.

އަަދަދުގެ އޮފީހުގައި ފުލުހުން ހަރަކާތްތެރިވާ މަންޒަަރު ފެންނަ ވީޑިއޯ އެ ނޫހުން އާންމުކޮށްފައިވާއިރު، ފޮރެންސިކް ފުލުހުން އެ އޮފީހުގެ ފޮޓޯ ނަގައި، ސިސްޓަމްތައް ބަލާ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.

comment ކޮމެންޓް