އާދަމް ޝަރީފާއި ތޯރިގާއި ދިޔާނާ، އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އައްޔަންކޮށްފި

އާދަމް ޝަރީފާއި ތޯރިގާއި ދިޔާނާ: ތިން ބޭފުޅުން ވަނީ މިނިސްޓަރު ފެންވަރުގައި ފޮރިން މިނިސްޓްރީއަށް އައްޔަންކުރައްވައިފައި --

ކުރީގެ ބަންޑާރަނައިބު ފާޠިމަތު ދިޔާނާ ސަޢީދާއި، ކުރީގެ އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤް އިބްރާހީމާއި، ކުރީގެ ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖްގެ މަގާމަށް އައްޔަންކުރައްވައިފިއެވެ. މި ބޭފުޅުންނަކީ ސަރުކާރުގެ އެކި ދާއިރާތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅުންނެވެ.

  • ފާޠިމަތު ދިޔާނާ ސަޢީދު އެމްބެސެޑަރ އެޓް ލާޖްގެ މަގާމަށް އައްޔަންކުރެއްވުން.
  • ޠާރިޤް އިބްރާހީމް ފޮރިން މިނިސްޓްރީގެ މުހިންމު މަގާމަކަށް ހަމަޖެއްސެވުން.
  • އާދަމް ޝަރީފް ޢުމަރަށް އެމްބެސެޑަރ އެޓް ލާޖްގެ މަގާމު ދެއްވުން.
  • ޚާރިޖީ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުން ފިޔަވަޅުތަކެއް އެޅުއްވުން.

ކުރީގެ ބަންޑާރަނައިބު ފާތުމަތު ދިޔާނާ ސައީދާއި، މި ސަރުކާރުގެ ކުރީގެ އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމާއި ކުރީގެ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު، ފޮރިން މިނިސްޓްރީގެ މަގާމުތަކަށް އައްޔަންކުރައްވައިފިއެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ތިން ބޭފުޅުން ވެސް އައްޔަންކޮށްފައިވަނީ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށެވެ. އޭގެ ތެރެއިން އާދަމް ޝަރީފް އައްޔަންކޮށްފައިވަނީ މިނިސްޓަރު ފެންވަރުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ތޯރިގާއި އާދަމް ޝަރީފަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒު 22 މިނިސްޓަރުންނާއެކު ފުރަތަމަ އެކުލަވައިލެއްވި ކެބިނެޓުގައި ހިމެނިވަޑައިގެންނެވި ދެ ބޭފުޅުންނެވެ. އޭގެ ތެރެއިން ތޯރިގް ފުރަތަމަ އައްޔަންކުރެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ކަމަށް ނަމަވެސް، މިދިޔަ އަހަރުގެ ފެބްރުވަރީ މަހުގެ އެއް ވަނަ ދުވަހު ރައީސް ވަނީ އެ މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީ އެއްކޮށްލައްވައިފައެވެ.

https://sun.mv/220619

އޭގެ ފަހުން، މި މަހުގެ 14 ވަނަ ދުވަހު ކުއްލި ގޮތަކަށް 10 މިނިސްޓަރުން މަގާމުން އިސްތިއުފާ ދެއްވިއިރު، އޭގެ ތެރޭގައި އާދަމް ޝަރީފާއި ތޯރިގް ވެސް ހިމެނިވަޑައިގަތެވެ. އޭރު ރައީސް އޮފީހުން ވަނީ، މިނިސްޓަރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން ކަމަށް ބުނެފައެވެ.

އެ ބަދަލު ގެނައީ، މި މަހުގެ ހަތަރު ވަނަ ދުވަހު އޮތް ކައުންސިލް އިންތިޚާބާއި، މައި ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނެގި ފެންނަ ނުފެންނަ ވޯޓުން ސަރުކާރަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ފަހުންނެވެ.

https://sun.mv/220693

އަލަށް މަގާމުތަކަށް އައްޔަންކުރެއްވި ބޭފުޅުންގެ ތެރެއިން ދިޔާނާ ވަނީ، ނޮވެންބަރު 12، 2008އިން މެއި 19، 2009އަށް ބަންޑާރަނައިބުކަން ކުރައްވައިފައެވެ. އޭނާ ވަނީ މެއި 7، 2012އިން ނޮވެންބަރު 19، 2012އަށް ޖެންޑާ މިނިސްޓަރުކަން ވެސް ކުރައްވައިފައެވެ.

މިދިޔަ އަހަރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑޮށް، ވަކިކުރި މައްސަލައިގައި ދިޔާނާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އެގޮތުން އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ތަހުގީގު ކުރަން ފެށި މައްސަލައިގައި އޭނާ ހާޒިރުކުރިއިރު އޭނާގެ ވަކީލަށް ފުރުސަތު ނުދިނުމުން ދިޔާނާ ނުރުހުން ފާޅުކުރެއްވިއެވެ.

https://sun.mv/203600

މިދިޔަ އަހަރުގެ ފެބްރުވަރީ 26ގައި އަޒްމިރަލްދާގެ އިތުރުން، އޭރު ތިއްބެވި ދެ ފަނޑިޔާރަކު ސަސްޕެންޑުކުރީ، މަޖިލިސް މެންބަރުން ޕާޓީ ބަދަލުކުރުމުގެ ގޮނޑި ގެއްލޭ ގޮތަށް މަޖިލީހުން ފާސްކުރި އިސްލާހާ ދެކޮޅަށް ކޯޓަށް ހުށަހެޅި މައްސަލައެއް ބަލައިގަތް ފަހުންނެވެ.

އޭރު ދިޔާނާ ވަނީ ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަމުން ގެންދާ ކަމަށް ތުހުމަތު ކުރައްވައިފައެވެ. އަދި މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާ މައްސަލައިގައި، ރައީސް އޮފީހުގައި ކޮމިޓީއެއް ހަދައިގެން މައްސަލަ ނިންމަންވީ ކަމަށް ވިދާޅުވެ ފާޑުވިދާޅުވިއެވެ.

އެހެންނަމަވެސް، މައި ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް މިދިޔަ މަހު މި ސަރުކާރުން ކެމްޕޭން ކުރަމުން ދިޔައިރު، ދިޔާނާ ވަނީ ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ތާއީދުކުރައްވައި ވާހަކަދައްކަވައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ދިޔާނާގެ ކުރީގެ ފިރިކަލުން އަދި ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު ޢަބްދުالله ޖާބިރުވަނީ މިދިޔަ ބުރާސްފަތި ދުވަހު ވެރިކަންކުރާ ޕީއެންސީއަށް ސޮއިކުރައްވައިފައެވެ.

comment ކޮމެންޓް