އިންޑިއާއަށް ދައްކަންޖެހޭ 400 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދޭން ރާއްޖޭން އެދިއްޖެކަމަށް ރިޕޯޓުތައް ބުނެފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރައީސާއެކު: އެމަނިކުފާނު ވަނީ އެނބުރި އިންޑިއާއަށް ފުރާވަޑައިގެންފައި ---

އިންޑިއާއިން ރާއްޖެއަށް ދޫކޮށްފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްދިނުމަށް ދިވެހި ސަރުކާރުން އެދިފައިވާކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ހާމަކޮށްފައެވެ. މި ފެސިލިޓީއަކީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ދޫކޮށް، މީގެ ކުރިން ދެ ފަހަރެއްގެ މަތިން މުއްދަތު އިތުރުކޮށްދީފައިވާ ފެސިލިޓީއެކެވެ. މީގެ އިތުރުން ފާއިތުވި އަހަރުގެ ތެރޭގައި ދެ ޓްރެޝަރީ ބިލެއްގެ މުއްދަތުވެސް އިންޑިއާއިން ވަނީ ރާއްޖެއަށް ފަސްކޮށްދީފައެވެ. ނަމަވެސް، ސާކް ކަރަންސީ ސްވޮޕްގެ އުސޫލުތައް އޮންނަ ގޮތުން އިތުރަށް މުއްދަތު ދިގުކުރުމުގައި ގާނޫނީ އަދި އިދާރީ ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެހެންކަމުން އިންޑިއާ ސަރުކާރުން މިހާރު ދަނީ ގަވާއިދުގެ ތެރެއިން މިކަމަށް ހައްލެއް ހޯދުމަށް ދިރާސާކުރަމުންނެވެ.

  • އިންޑިއާއިން ދޫކޮށްފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފަސްކުރުމަށް ރާއްޖެއިން އެދިއްޖެ
  • މީގެ ކުރިން ދެ ފަހަރެއްގެ މަތިން މި ފެސިލިޓީގެ މުއްދަތު އިންޑިއާއިން ވަނީ އިތުރުކޮށްދީފަ
  • ސާކް ކަރަންސީ ސްވޮޕް އުސޫލުތަކުގެ ސަބަބުން އިތުރަށް މުއްދަތު ދިގުކުރުމަށް ގޮންޖެހުންތަކެއް އެބަހުރި
  • އިންޑިއާ ސަރުކާރުން މިހާރު ދަނީ ގަވާއިދުތަކުގެ ތެރެއިން މިކަމަށް ހައްލެއް ހޯދުމަށް ދިރާސާކުރަމުން

އިންޑިއާއިން ރާއްޖެއަށް ދޫކޮށްފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު އިތުރުކޮށްދިނުމަށް ދިވެހި ސަރުކާރުން އެދިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

އިންޑިއާގެ މަޝްހޫރު ނޫސްތަކެއް ކަމަށްވާ "ހިންދުސްތާން ޓައިމްސް" އާއި "އިކޮނޮމިކް ޓައިމްސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރާއްޖެއިން އެދިފައިވަނީ އޮކްޓޯބަރު 2024 ގައި ދޫކުރި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު އިތުރުކޮށްދިނުމަށެވެ. އެ ނޫސްތަކުގައިވާ ގޮތުން މިހާތަނަށް ދެ ފަހަރެއްގެ މަތިން އިންޑިއާއިން ވަނީ މި ފެސިލިޓީގެ މުއްދަތު އިތުރުކޮށްދީފައެވެ.

https://sun.mv/197616

މީގެ އިތުރުން، މިދިޔަ އަހަރުގެ މެއި އަދި ސެޕްޓެމްބަރު މަހު މުއްދަތު ހަމަވި 50 މިލިއަން ޑޮލަރުގެ އިންޓްރެސްޓް ފްރީ ދެ ޓްރެޝަރީ ބިލެއްގެ މުއްދަތު ވެސް އިންޑިއާއިން ވަނީ އިތުރު އެއް އަހަރަށް ފަސްކޮށްދީފައެވެ. އިންޑިއާގެ އޮފިޝަލުން މި ފިޔަވަޅުތައް ސިފަކުރަނީ ގާތް އަވައްޓެރި ގައުމަކަށް ދިން "ޚާއްސަ އެހީއެއް"ގެ ގޮތުގައެވެ.

https://sun.mv/211477

ނަމަވެސް، މި ފެސިލިޓީގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްދިނުމަށް ރާއްޖެއިން އެދިފައިވާކަމަށާއި، ނަމަވެސް މިހާރު އެ ކަމުގައި ގާނޫނީ އަދި އިދާރީ ގޮންޖެހުންތަކެއް ހުރިކަމަށް ރިޕޯޓުތައް ބުނެއެވެ.

ސާކް ކަރަންސީ ސްވޮޕް އުސޫލުތަކުގެ ދަށުން، އެއް ފަހަރު ފައިސާ ނެގުމަށްފަހު އަނެއް ފަހަރު ފައިސާ ނެގުމާ ދެމެދު އޮންނަންޖެހޭ "ކޫލިން އޮފް" މުއްދަތާއި، ގިނަވެގެން މުއްދަތު އިތުރުކުރެވޭނެ އަދަދާ ބެހޭ ގަވާއިދުތައް ހުރި ގޮތުން، ރާއްޖޭގެ މި އެދުމަށް މިވަގުތު އަމަލީ ސިފައެއް ގެނައުން "އިންތިހާއަށް އުނދަގޫ" ކަމަށް މަސްދަރުތަކުން ބުނެއެވެ.

އިންޑިއާ ސަރުކާރުން މިހާރު ދަނީ ރާއްޖޭގެ އެދުމާ މެދު ވިސްނައި، ގަވާއިދުތަކުގެ ތެރެއިން ކުރެވެން ހުރި ކަންކަން ދިރާސާކުރަމުން ކަމަށް ވެސް ރިޕޯޓުތައް ބުނެއެެވެ.

https://sun.mv/220062

ރާއްޖޭން މިފަދައިން އެދިފައިވާކަމަށް ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓުކުރިއިރު، މި މަހު ކުރީކޮޅު ސަރުކާރުން ވަނީ ރިޒާވުގައި ހުރި ޑޮލަރާއި ސޮވެރިން ޑިވެލޮޕްމަންޓު ފަންޑު (އެސްޑީއެފް)ގައި ހުރި ފައިސާއިން 525 މިލިއަން ޑޮލަރުގެ ސުކޫކު ދައްކައި ޚަލާސްކޮށްފައެވެ.

މި ސުކޫކު ދެއްކުމުގެ ކުރިން ދައުލަތުގެ ރިޒާވުގައި އެއް ބިލިއަން ޑޮލަރު ހުރިކަމަށް ސަރުކާރުން ބުނެފައިވެއެވެ.

މި ސުކޫކަކީ 2021 ވަނަ އަހަރު މުއްދަތު ހަމަވި 250 މިލިއަން ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑު ދެއްކުމަށް ޓަކައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިޙުގެ ސަރުކާރުން ނަގާފައިވާ ދަރަންޏެކެވެ. މާލީ ވުޒާރާއިން ބުނީ، އޭރު ނެގި އެ ދަރަންޏަކީ ދުނިޔޭގެ އިގްތިޞާދީ ހާލަތު ނާޒުކު ދަނޑިވަޅެއްގައި، ދަރަނި އަދާކުރާނެ އެކަށީގެންވާ ސިޔާސަތެއް ނެތި، ބޮޑު އިންޓްރެސްޓެއްގައި ނަގާފައިވާ ދަރަންޏެއް ކަމަށެވެ.

comment ކޮމެންޓް