ބަންގްލަދޭޝް މީހެއްގެ ކަރު ޒަޚަމުކޮށްލުން، އެ ގައުމުގެ މީހަކު ހައްޔަރަށް

އެމްބިއުލާންސެއް: ބަންގްލަދޭޝް މީހަކަށް ހަމަލާދިން މައްސަލައިގައި ބަންގްލަދޭޝް މީހަކު ވަނީ ހައްޔަރުކޮށްފައި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މާލޭގެ ހެންވޭރު ކަރަންކާ މަގުގައި ހުންނަ ހޮޓަލެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހެއްގެ ކަރު ވަރަށް ބޮޑަށް ޒަޚަމުކޮށްލައިފިއެވެ. ހޮނިހިރު ދުވަހުގެ ދަންވަރު ހިނގި މި ހާދިސާގައި އަނިޔާ ލިބިފައިވަނީ އުމުރުން 38 އަހަރުގެ ފިރިހެނަކަށެވެ. މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ އުމުރުން 28 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

  • މާލޭގައި ތޫނު އެއްޗަކުން ބަންގްލަދޭޝް މީހަކަށް ހަމަލާދީ ކަރު ޒަޚަމުކޮށްލައިފި
  • އަނިޔާ ލިބުނު 38 އަހަރުގެ މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެނީ
  • ކޯޓު އަމުރެއްގެ ދަށުން 28 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައި
  • މި ހަމަލާދީފައިވަނީ ހެންވޭރު ކަރަންކާ މަގުގައި ހުންނަ ހޮޓަލެއްގައި

މާލޭގައި ތޫނު އެއްޗަކުން ބަންގްލަދޭޝްގެ މީހަކަށް ހަމަލާދީ، ކަރު ޒަޚަމުކޮށްލި މައްސަލައިގައި އުމުރުން 28 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ރޭ ބުނީ، ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ޒަޚަމުތަކެއް ލިބުނު، އުމުރުން 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު ހޮނިހިރު ދުވަހުގެ ދަންވަރު 1:08 ހާއިރު ލިބިފައިވާ ކަމަށެވެ.

https://sun.mv/220802

މިއަދު ފުލުހުން ބުނީ، އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން، އެ މައްސަލައިގައި ބަންގްލަދޭޝްއަށް ނިސްބަތްވާ، އުމުރުން 28 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތުގައިވާ ގޮތުން، އުމުރުން 38 އަހަރުގެ ބަންގްލަދޭޝް މީހާއަށް ހަމަލާދީ، ކަރަށް ބޮޑެތި ޒަޚަމްތައް ދީފައިވަނީ ހެންވޭރު ކަރަންކާ މަގުގައި ހުންނަ ހޮޓަލެއްގެ ތެރޭގައެވެ.

ފުލުހުން ދިން މައުލޫމާތުގައިވާ ގޮތުން، ބަންގްލަދޭޝް މީހާއަށް ހަމަލާދިނީ ކަރަންކާ މަގުގައެވެ.

މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް، ފުލުހުން ބުންޏެވެ.

comment ކޮމެންޓް