ދެވަނަ ބުރު: މިހާރުގެ 2 ކައުންސިލަރަކަށް ނާކާމިޔާބީ

އިއްޔެ ބޭއްވި އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓު ގުނުމުގެ ތެރެއިން: އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ވެރިކަންކުރާ ޕީއެންސީން ހޯދައި، ކައުންސިލްތަކުގެ ގޮނޑިތައް އިދިކޮޅު އެމްޑީޕީގެ ކެނޑިޑޭޓަކާއި އަމިއްލަ ކެނޑިޑޭޓަކު ވަނީ ކާމިޔާބުކޮށްފަ --- ފޮޓޯ: އީސީ

ކައުންސިލު އިންތިޚާބުގައި ވޯޓު އެއްވަރުވުމުގެ ސަބަބުން ފަސް ރަށެއްގައި ބޭއްވި ދެވަނަ ބުރުގެ ނަތީޖާ ވަނީ އިޢުލާންކޮށްފައެވެ. މި އިންތިޚާބުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑިތައް ވެރިކަންކުރާ ޕީއެންސީން ކާމިޔާބުކުރިއިރު، ކައުންސިލްތަކުގެ ގޮނޑިތައް އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓަކާއި އަމިއްލަ ކެންޑިޑޭޓަކު ވަނީ ކާމިޔާބުކޮށްފައެވެ. މީގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވުނީ މިހާރު ވެސް ކައުންސިލަރުންގެ ގޮތުގައި ތިއްބެވި ޕީއެންސީގެ ދެ ކެންޑިޑޭޓަކަށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމެވެ.

  • ފަސް ރަށެއްގައި އިންތިޚާބުގެ ދެވަނަ ބުރު ކުރިއަށް ގެންދިއުން
  • އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ޕީއެންސީން ކާމިޔާބުކުރުން
  • ކައުންސިލް ގޮނޑިތައް އެމްޑީޕީ އަދި އަމިއްލަ ކެންޑިޑޭޓަކު ކާމިޔާބުކުރުން
  • މިހާރު ތިއްބެވި ޕީއެންސީގެ ދެ ކައުންސިލަރެއްގެ ގޮނޑި ގެއްލުން

ކައުންސިލު އިންތިޚާބުގައި ވޯޓު އެއްވަރުވުމުގެ ސަބަބުން ފަސް ރަށެއްގައި ބޭއްވި ދެވަނަ ބުރުގައި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ވެރިކަންކުރާ ޕީއެންސީން ހޯދައި، ކައުންސިލްތަކުގެ ގޮނޑިތައް އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓަކާއި އަމިއްލަ ކެންޑިޑޭޓަކު ކާމިޔާބުކޮށްފިއެވެ.

މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި އިންތިޚާބުގައި އެއްވަރުވެފައިވަނީ ހއ. ކެލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ ގޮނޑިއާއި، ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިއަކާއި، ލ. މާވަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިއެކެވެ.

އޭގެ އިތުރުން، ބ. ދޮންފަނު ކައުންސިލުގައި އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއާއި، ފުވައްމުލަކުގެ ދަޑިމަގު އަވަށުގެ ގޮނޑީގެ ނަތީޖާ ވެސް ވަނީ އެއްވަރުވެފައެވެ.

އެހެންވެ، އެ ގޮނޑިތަކުގެ އިންތިޚާބު ވަނީ އިއްޔެ ކުރިއަށް ގެންގޮސްފައެވެ.

ދެވަނަ ބުރުގެ ނަތީޖާއިން ފާހަގަވި އެއް ކަމަކީ ފުވައްމުލަކު ދަޑިމަގު އަވަށުގެ މިހާރުގެ ވެސް ކައުންސިލަރު ޢާއިޝަތު ޢަބްދުލްޤާދިރުގެ ގޮނޑި ގެއްލުމެވެ. އެ ގޮތުން، ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ޢާއިޝަތަށް 562 ވޯޓު ލިބުނުއިރު، އެ ގޮނޑި ކާމިޔާބުކުރެއްވި ކެނޑިޑޭޓު ކަމަށްވާ އަމިއްލަގޮތުން ވާދަކުރެއްވި ޝީޒާ އިބްރާހީމަށް ލިބުނީ 595 ވޯޓެވެ.

އެހެންކަމުން، ފުވައްމުލަކު ކައުންސިލުގެ އަންނަ ދައުރުގައި ޕީއެންސީ ތަމްސީލުކުރައްވާ ކައުންސިލަރެއް ނުހުންނާނެއެވެ.

އޭގެ އިތުރުން، ބ. ދޮންފަނު ކައުންސިލުގެ މިހާރުގެ ވެސް އަންހެން ކައުންސިލަރު ޢާއިޝަތު މުނާގެ ގޮނޑި ވަނީ ގެއްލިފައެވެ. ޕީއެންސީގެ ފަރާތުން ވާދަކުރެއްވި މުނާއަށް 166 ވޯޓު ލިބުނުއިރު، އިންތިޚާބު ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެނޑިޑޭޓު އާމިނަތު ރަފާޙަށް ލިބުނީ 203 ވޯޓެވެ.

ބާކީ ހުރި ގޮނޑިތަކުގެ ނަތީޖާއަށް ބަލައިލާއިރު:

  • ކެލާ އަންހެނުންގެ ކޮމިޓީގެ ރައީސް: އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި މަހުދިއްޔާ އާދަމަށް 528 ވޯޓު ލިބުނުއިރު، ގޮނޑި ކާމިޔާބުކުރެއްވި ޕީއެންސީގެ ކެނޑިޑޭޓު ޙައްވާ ފަޒްނާއަށް ލިބުނީ 578 ވޯޓު
  • ހދ. ނޭކުރެންދޫ އަންހެނުންގެ ކޮމިޓީގެ މެންބަރު: އަމިއްލަގޮތުން ވާދަކުރެއްވި ފާޠިމަތު ނިޝާދާއަށް 232 ވޯޓު ލިބުނުއިރު، ގޮނޑި ކާމިޔާބުކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު ފާޠިމަތު ރިއުޒާއަށް ލިބުނީ 362 ވޯޓު
  • ލ. މާވަށުގެ އަންހެނުންގެ ކޮމިޓީގެ މެންބަރު: އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި މަރްޔަމް މާޢިޝާއަށް 545 ވޯޓު ލިބުނުއިރު، ގޮނޑި ކާމިޔާބުކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު ފާޠިމަތު ޝާފިޢާއަށް ލިބުނީ 563 ވޯޓު
comment ކޮމެންޓް