ތެލުގެ އަގު އެހާ މައްޗަށް އެރިއިރު ވެސް މަސްވެެރިންނަށް އެ ބުރަ ނުޖައްސައި، ސަރުކާރުން ދަނީ މެނޭޖުކުރަމުން: ޝިޔާމް

ފިޝަރީސް މިނިސްޓަރު ކަނޑުއޮތްގިރީގައި މަސްވެރިންނާ ބައްދަލުކުރައްވަނީ: ތެލުގެ އަގު އެހާ މައްޗަށް އެރިއިރު ވެސް މަސްވެެރިންނަށް އެ ބުރަ ނުޖައްސާ ކަމަށް ވިދާޅުވި -- ފޮޓޯ/ ފިޝަރީސް މިނިސްޓްރީ

މިނިސްޓަރު އަޙުމަދު ޝިޔާމް ހާމަކުރެއްވި ގޮތުގައި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިފައިވީ ނަމަވެސް، އެކަމުގެ ސަބަބުން ދިވެހި މަސްވެރިންނަށް ކުރިމަތިވެދާނެ ތަކުލީފުތައް ކުޑަކުރުމަށް ސަރުކާރުން ދަނީ ކާމިޔާބުކަމާއެކު ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގައިވެސް ތެލުގެ އަގަށް ބަދަލުތަކެއް އައިސްފައިވެއެވެ. ނަމަވެސް މި އުނދަގޫ ޙާލަތުގައިވެސް ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މަސްވެރިންނަށް ހުއްޓުމެއްނެތި މަސްކަނޑުތަކަށް ނުކުމެވޭނެ މަގު ތަނަވަސްކޮށްދިނުން ކަމުގައި މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ދައުލަތުގެ ވިޔަފާރި ކުންފުނިން ވިޔަފާރިތަކަށް ވިއްކާ ތެލާއި ޑީސަލްގެ އަގު ބޮޑުކުރި ނަމަވެސް، މަސްވެރިންނަށް ކުރިންވެސް ތެޔޮ ލިބުނު އަގުގައި މިހާރުވެސް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސައިދީފައެވެ. މީގެ އިތުރުން ދިގު މުއްދަތަކަށްފަހު ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެންވެރިކަން ރަނގަޅުވާން ފަށާފައިވާތީ، މަސްވެރިކަން ރަނގަޅު ސަރަހައްދުތަކަށް ބޯޓުފަހަރު ފޮނުވުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

  • ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވި ނަމަވެސް މަސްވެރިންނަށް އެކަމުގެ ބުރަ އުފުލާކަށް ނުޖެހޭނެއެވެ.
  • މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގަށް އައި ބަދަލުތަކުން މަސްވެރިން ވަނީ އިސްތިސްނާކޮށްފައެވެ.
  • ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެންވެރިކަން ރަނގަޅުވާން ފަށާފައިވާތީ، މަސްވެރިކަން ރަނގަޅު ހިސާބުތަކަށް ބޯޓުފަހަރު ފޮނުވާނެއެވެ.
  • މަސްވެރިކަމުގެ ސިނާޢަތަށް ހުރި ގޮންޖެހުންތައް ޙައްލުކުރުމަށް ސަރުކާރުން ދަނީ ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކުރަމުންނެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އެހާ މައްޗަށް އަރައިގެން ދިޔަނަމަވެސް ދިވެހި މަސްވެެރިންނަށް އެބުރަ ނުޖައްސައި، ސަރުކާރުން މިއަދާ ހަމައަށް ވެސް ދަނީ ތެލުގެ ކަންކަން ވީ އެންމެ ރަނގަޅަށް މަނޭޖުކުރަމުން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ ހަނގުރާމައިގެ އަސަރު ރާއްޖެއަށް ކުރަމުންދާ މި އުނދަގޫ ހާލަތުގައި ވެސް ސަރުކާރުން ޔަގީންކުރާ އެއްކަމަކީ ދިވެހި މަސްވެރިން މަސްކަނޑުތަކަށް ނުކުމެވޭނެކަން ކަށަވަރުކުރުން ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އެހާ މައްޗަށް އަރައިގެން ދިޔަނަމަވެސް ދިވެހި މަސްވެެރިންނަށް އެބުރަ ނުޖައްސައި، ސަރުކާރުން މިއަދާ ހަމައަށް ވެސް ދަނީ ތެލުގެ ކަންކަން ވީ އެންމެ ރަނގަޅަށް މަނޭޖުކުރަމުން ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި އެކަން މަސްވެރިން ވެސް ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ގިނަ ދުވަސްތަކެއް ވަންދެން އެންވެރިކަން ދަށްވެފައި އޮތުމަށް ފަހު މިހާރު މުޅި ރާއްޖެއަށް ވެސް އެންވެެރިކަން ރަނގަޅުވާން ފަށާފައިވާ ކަމަށެވެ. އެހެންކަމުން މަސްވެެރިކަން ރަނގަޅު ސަރަހައްދުތަކަށް ބޯޓުތައް ފޮނުވުމުގެ މަސައްކަތް ކުރާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ސަރުކާރުން މިދަނީ މަސްވެެރިންގެ ކަންކަން މިހާލަތުގައި ވެސް ގާތުން ބަލައި، މަސްވެެރިންނަށް އެންމެ ރަނގަޅު ގޮތަކަށް މަސައްކަތް ކޮށްދެމުން. އަދި މަސްވެެރި އިންޑަސްޓްރީގައި ހަރަކާތްތެެރިވާ ކުންފުނިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދުނުމަށް ވެސް އިންޑަސްޓްރީގެ މަޝްވަރާއާއެކު ވަރަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަމުން، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް

https://sun.mv/219565

ޝިޔާމް އެފަދައިން ވިދާޅުވި އިރު މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެސްޓީއޯއިން ވަނީ، ވިޔަފާރިތަކަށް ވިއްކާ ތެލާއި ޑީސަލްގެ ރޭޓުތައް މީގެކުރިން ބޮޑުކޮށްފައެވެ. ނަމަވެސް ފަހުން ވަނީ އޭގެތެރެއިން އާންމު ދަތުރުފަތުރުގެ ޚިދުމަތްދޭ ވިޔަފާރިތަކާއި، އެސްޓީއޯއިން ތެޔޮ ގަނެގެން ރަށްރަށުގައި ޝެޑް ހިންގާ އަމިއްލަ ވިޔަފާރިތައް އެ ބަދަލުން އިސްތިސްނާ ކޮށްފައެވެ.

މި ގެނެވުނު ބަދަލާއެކު މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަަލްގެ އަގު ބޮޑުކުރި ނަމަވެސް، ފަހުން ވަނީ މަސްވެރިންނަށް ކުރިޔެކޭ އެއް އަގެއްގައި ތެޔޮ ގަންނަން ލިބޭނެކަމަށް ބުނެފައެވެ.

comment ކޮމެންޓް