ފިޝަރީޒްގެ ދަށަށް އެގްރިކަލްޗާ ގެނެސް މިނިސްޓަރުކަމަށް ޝިޔާމް އަލުން އައްޔަންކޮށްފި

މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސެސްއަށް މިނިސްޓަރު އަޙްމަދު ޝިޔާމް އައްޔަންކުރައްވައިފި --- ފޮޓޯ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސަރުކާރުގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެންނަވައި، ބައެއް މިނިސްޓްރީތައް އެއްކޮށްލައްވާފައެވެ. މިގޮތުން ފިޝަރީޒް މިނިސްޓްރީއާއި އެގްރިކަލްޗާ މިނިސްޓްރީ އެއްކޮށްލައި، އެ ވުޒާރާގެ ވަޒީރުކަމަށް އަޙްމަދު ޝިޔާމް ވަނީ އަލުން އައްޔަންކުރައްވާފައެވެ. މީގެ އިތުރުން 10 ވަޒީރަކު އިސްތިއުފާދެއްވުމާ ގުޅިގެން، އައު ކެބިނެޓެއް އެކުލަވާލައި، ގިނަ ވުޒާރާތަކަކަށް އައު ވަޒީރުން ވަނީ ހަމަޖައްސަވާފައެވެ. މީގެ ތެރޭގައި ފޮރިން މިނިސްޓަރުކަމަށް އިރުތިޝާމް އާދަމް އަދި ފިނޭންސް މިނިސްޓަރުކަމަށް މޫސާ ޒަމީރު ހިމެނިވަޑައިގަންނަވައެވެ.

  • ފިޝަރީޒް އަދި އެގްރިކަލްޗާ މިނިސްޓްރީ އެއްކޮށްލައި، ނަން ބަދަލުކުރުން.
  • އެ ވުޒާރާގެ ވަޒީރުކަމަށް އަޙްމަދު ޝިޔާމް އަލުން އައްޔަންކުރެއްވުން.
  • 10 ވަޒީރަކު އިސްތިއުފާދެއްވުމާ ގުޅިގެން އައު ކެބިނެޓެއް އެކުލަވާލުން.
  • މިނިސްޓްރީތަކުގެ އަދަދު މަދުކޮށް، އައު ވަޒީރުން މަގާމުގެ ހުވައިކުރެއްވުން.

ފިޝަރީޒް މިނިސްޓަރީގެ ދަށަށް އެގްރިކަލްޗާ ގެންގޮސް އެ މިނިސްޓްރީގެ ހިންގުން، ފިޝަރީޒް މިނިސްޓަރު ޢަޙްމަދު ޝިޔާމްއާ އަލުން މިއަދު ހަވާލުކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީއާ އެގްރިކަލްޗާ މިނިސްޓްރީ އެއްކޮށްލައި މިހާރު އެ މިނިސްޓްރީގެ ނަން ވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސެސްއަށް ބަދަލުކޮށްފައެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއްޔެ ކެބިނެޓަށް ގެނައި ބަދަލުތަކާއެކު ވަނީ ބައެއް މިނިސްޓްރީތައް އެއްކޮށްލައްވައި، މިނިސްޓްރީތަކުގެ އަދަދު މަދުކޮށްފައެވެ. އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ 22 މިނިސްޓަރުން ހިމެނޭ، މިހާތަނަށް އެންމެ ބޮޑު ކެބިނެޓާއެކުގައެވެ.

https://sun.mv/220628

ރައީސް އޮފީހުން މިއަދު ވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސެސްއަށް ކުރީގެ މިނިސްޓަރު އަޙްމަދު ޝިޔާމް އައްޔަންކޮށްފައިވާ ކަމަށް ބުނެފައެވެ. އަދި ވަޒީރަށް މަގާމުގެ ފަތްކޮޅު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައި ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.

އެ ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޙަމީދު ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިއްޔެ ވަނީ މި ސަރުކާރުގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ޖުމްލަ 10 މިނިސްޓަރަކު އިއްޔެ އިސްތިއުފާ ދެއްވިއިރު، އައު ކެބިނެޓުގެ ހުވާކުރުމުގެ ރަސްމިއްޔާތު ވެސް ރޭ ވަނީ ބާއްވާފައެވެ.

https://sun.mv/220628

އާ ކެބިނެޓަށް ހުވާކުރެއްވި ބޭފުޅުންގެ ތެރޭގައި، ސަރުކާރުގެ ތަރުޖަމާނު އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދާއި އިނގިރޭސި ސަފީރު އިރުތިޝާމް އާދަމް ހިމެނެއެވެ.

  • ފިނޭންސް އެންޑް ޕަލްބިކް އެންޓަޕްރައިޒަސް މިނިސްޓަރަކަށް މޫސާ ޒަމީރު
  • ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓަރަކަށް އަލީ އިހުސާން
  • ފޮރިން މިނިސްޓަރަކަށް އިރުތިޝާމް އާދަމް
  • ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމެންޓް މިނިސްޓަރަކަށް އިސްމާއީލް ޝަފީއު
  • ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރަކަށް ގީލާ އަލީ
  • އިކޮނޮމިކް ޑިވެލޮޕްމެންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރަކަށް މުހައްމަދު ސައީދު
  • އިސްލާމިކް އެފެއާޒް އެންޑް އެންޑައުމެންޓްސް މިނިސްޓަރަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
  • ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރަކަށް މުހައްމަދު އަމީން
  • ޔޫތު އެމްޕަވަމެންޓް ސްޕޯޓްސް އެންޑް ފިޓްންސް މިނިސްޓަރަކަށް އަބްދުﷲ ރާފިއު
  • އާޓްސް. ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރަކަށް ހީނާ ވަލީދު
  • އިންފްރާސްޓްރަކްޗާ، ހައުސިން، އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓަރަކަށް ޑރ. އަބްދުﷲ މުއްތަލިބު
  • ކްލައިމެޓް ޗޭންޖް، އެންވަޔަރަމެންޓް އެންޑް އެންޑް އެނާޖީ މިނިސްޓަރަކަށް އަލީ ޝަރީފް

އެންމެ ގިނަ ވަޒީރުން އައްޔަންކުރި މި ސަރުކާރުގައި މީގެ ކުރިން ވެސް ކެބިނެޓަށް އެކި ބަދަލުތައް ގެންނަވައިފައިވެއެވެ. އެގޮތުން، ޑިސެންބަރު 30، 2024ގައި، ހެލްތު މިނިސްޓަރު ކަމުގައި ހުންނެވި ޚަލީލް ފޮރިން މިނިސްޓްރީއަށް ބަދަލުކުރެއްވިއެވެ. އަދި ފުރަތަމަ ފިނޭންސް މިނިސްޓަރަކަށް ހުންނެވި ޑރ. މުހައްމަދު ޝަފީގް އިސްތިއުފާ ދެއްވުމުން، އެ މަގާމަށް މޫސާ ޒަމީރު އައްޔަންކުރެއްވިއެވެ. އޭގެ ކުރިން ޒަމީރު ހުންނެވީ ފޮރިން މިނިސްޓަރުކަމުގައެވެ.

comment ކޮމެންޓް