ސިމެންތި ބަސްތާއެއްގެ އަގު މާލޭގައި ވެސް 300 ރުފިޔާއިން މައްޗަށް

މާލޭގެ ބާޒާރުގައި ސިމެންތި ބަސްތާއެއްގެ އަގު 300 ރުފިޔާއަށްވުރެ މައްޗަށް އުފުލިއްޖެއެވެ. ކުރިން 140 އާއި 160 ރުފިޔާއާ ދެމެދު ވިއްކަމުންދިޔަ ސިމެންތި ބަސްތާއެއްގެ އަގު ނިމިދިޔަ މަހު 250 ރުފިޔާއަށް އެރުމަށްފަހު، މިހާރު ވިލާ ކުންފުނިން މާލެއަށް ޑެލިވަރީކޮށްދެނީ 313 ރުފިޔާއަށެވެ. އަދި ތިލަފުށިން ގަންނަނަމަ ލިބެނީ 302 ރުފިޔާއަށެވެ. ވިޔަފާރިވެރިން ފާހަގަކުރާ ގޮތުގައި އެސްޓީއޯއިން މިވަގުތު ސިމެންތި ލިބޭކަށް ނެތެވެ. ސިމެންތީގެ އަގު މިހާ ބޮޑަށް އުފުލެން ދިމާވީ ދުނިޔޭގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން މުދާ އުފުލާ އުޅަނދުފަހަރުގެ ފްރައިޓް ކޯސްޓް ބޮޑުވުމާ ގުޅިގެންނެވެ. މީގެ އިތުރުން ސަޕްލައި ޗޭންއަށް އައިސްފައިވާ ބަދަލުތަކުގެ ތެރެއިން ދާދިފަހުން އެސްޓީއޯގެ ދަށުން ހިންގާ މޯލްޑިވް ގޭސްއިންވެސް ގޭސް ސްޓޮކް މަދުވެގެން ވިލާއިން ގޭސް ގަނެގެން ލިމިޓްކޮށްގެން ވިއްކަންޖެހުނެވެ. ނަމަވެސް މިހާރު އެ މައްސަލަ ހައްލުވެ އާއްމު އުސޫލުން ގޭސް ވިއްކަން ވަނީ ފަށާފައެވެ.

  • މާލޭގެ ބާޒާރުގައި ސިމެންތި ބަސްތާއެއްގެ އަގު 300 ރުފިޔާއިން މައްޗަށް ވަނީ އުފުލިފައެވެ.
  • ކުރިން 140 އާއި 160 ރުފިޔާއަށް ލިބުނު ސިމެންތި މިހާރު ވިލާއިން ވިއްކަނީ 302 އަދި 313 ރުފިޔާއަށެވެ.
  • އަގު ބޮޑުވާން ދިމާވީ ދުނިޔޭގެ ހަނގުރާމަތަކުގެ ސަބަބުން ފްރައިޓް ކޯސްޓް ބޮޑުވުމުންނެވެ.
  • އެސްޓީއޯއިން ސިމެންތި ލިބެން ނެތުމާއި އަގު ބޮޑުވުމުގެ ސަބަބުން އިމާރާތްކުރުމުގެ މަސައްކަތްތަކަށް ވަނީ ބޮޑު ހުއްޓުމެއް އައިސްފައެވެ.

އިމާރާތް ކުރުމުގެ ދާއިރާއަށް އެންމެ މުހިންމު ތަކެތީގެ ތެރޭގައި ހިމެނޭ ސިމެންތި ބަސްތާއެއްގެ އަގު މާލޭ ބާޒާރުގައި ވެސް 300 ރުފިޔާއިން މައްޗަށް ގޮސްފިއެވެ.

އާއްމުކޮށް 140 ރުފިޔާއާއި 160 ރުފިޔާ އާ ދެމެދު ވިއްކަމުން ދިޔަ, ސިމެންތި ބަސްތާއެއްގެ އަގު 250 ރުފިޔާއަށް ބޮޑުވީ ނިމިދިޔަ މަހުގެ ފަހުކޮޅުގައެވެ. އޭރު މާލޭ ބާޒާރުގައި 250 ރުފިޔާއަށް ސިމެންތި ބަސްތާއެއްގެ އަގު އެރުމާއެކު ކުޅުދުއްފުށީ ސިޓީފަދަ ތަންތަނުގައި ބަސްތާއެއްގެ އަގު 300 ރުފިޔާއަށް ވުރެން މަތިވިއެވެ.

މިއަދު ސިމެންތި ލިބެންހުރި އަގުތަކަށް ބަލާއިރު ރާއްޖެއަށް އެންމެ ގިނައިން ސިމެންތި އެތެރެ ކުރާ އަމިއްލަ އެއް ކުންފުނި ކަމަށްވާ, ވިލާއިން މާލެއަށް ޑެލިވަރީ ކޮށްދެނީ ބަސްތާއެއް 313 ރުފިޔާއަށެވެ. ތިލަފުށީ ކޮޅުން ގަންނަނަމަ 302 ރުފިޔާއަށް ބަސްތާއެއް ދެއެވެ. މިއީ ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑު އަގެކެވެ.

https://www.sun.mv/219677

ވިޔަފާރިވެރިން ބުނަނީ މި ދުވަސްވަރު އެސްޓީއޯއިން ސިމެންތި ގަންނަން ނުލިބޭ ކަމަށެވެ. ނަމަވެސް މިކަމާ ގުޅިގެން އެސްޓީއޯގެ ރަސްމީ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

"މަސައްކަތްތައް މުޅިން ގާތްގަނޑަކަށް ހުއްޓިއްޖެ. މި އަގަށް ސިމެންތި ގަނެގެން ދެކޮޅެއް ނުޖެހޭނެ," އދ. އަތޮޅު ރަށެއްގައި ގެސްޓްހައުސްއެއް އެޅުމުގެ މަސައްކަތް ކުރާ މީހަކު ބުންޏެވެ.

ވިލާއަކީ ރާއްޖޭން ބޭރުން ސިމެންތި ގެނެސް ރާއްޖޭގައި ބަންދުކޮށްގެން ވިއްކާ ކުންފުންޏެވެ. ކުއްލިއަކަށް ސިމެންތީގެ އަގު މިހާ ބޮޑުވާން ދިމާވީ ހަނގުރާމައިގެ ސަބަބުން އުޅަނދު ފަހަރުގެ ފްރައިޓް ކޯސްޓް ބޮޑުވުމުގެ ސަބަބުން ކަމަށްވެއެވެ.

މި ދޭތެރެއިން އެސްޓީއޯގެ ދަށުން ހިންގާ މޯލްޑިވް ގޭސްއިން ވެސް ގޭސް ސްޓޮކް މަދުވިއެވެ. އެ ފަހަރު އެ ކުންފުނިން ގޭސް ގަތީ ވިލާއިންނެވެ. ވިލާއިން ގޭސް ގަނެގެން އެ ކުންފުނިން އާއްމުންނަށް ވިއްކަމުން ދިޔައީ ލިމިޓް ކޮށްގެންނެވެ. ނަމަވެސް ގޭސް ލިބުމާއެކު މިހާރު މޯލްޑިވް ގޭސްއިން ވަނީ ލިމިޓް އުވާލައި އާއްމު އުސޫލުން ގޭސް ވިއްކަން ފަށައިފައެވެ.

comment ކޮމެންޓް