ހުޅުމާލޭ ބޮޑު މިސްކިތުގެ މަޝްރޫއަށް ފައިނޭންސްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙާއްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެެވެ.
މިނިސްޓަރު ޝަހީމް މިރޭ މީޑިއާތަކާ ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ ހުޅުމާލެ ބޮޑު މިސްކިތުގެ މަޝްރޫއަށް ފައިނޭންސްކުރުމުގެ އެއްބަސްވުމުގައި، މަދީނާގެ މާތް ބިމުގައި، މިރޭ ސޮއިކޮށްފައިވާ ކަމަށެވެ.

ހުޅުމާލެ ބޮޑު މިސްކިތުގެ މަޝްރޫޢަށް ފައިނޭންސްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މިނިސްޓަރު ވިދާޅުވީ މި މަޝްރޫއަށް ފައިނޭންސްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރާޖިޙީ ކޮންޕެނީއާއެކުގައި ކަމަށެވެ. އަދި މަސައްކަތްކުރަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރުވާ މުނާސަބަތާ ގުޅިގެން މިސްކިތުގެ އަމަލީ މަސައްކަތް ފެށުމަށް ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

ހުޅުމާލެ ބޮޑު މިސްކިތުގެ ކުރެހުމެއް -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ހުޅުމާލެ ބޮޑު މިސްކިތަކީ 2006 ވަނަ އަހަރު އިމާރާތްކުރި މިސްކިތެކެވެ. އަދި އެ މިސްކިތަކީ 1،800 އަށް ވުރެ ގިނަ މީހުންނަށް ޖާގަ އޮންނަ މިސްކިތެކެވެ.