ޑްރަގް މައްސަލައިގައި ހައްޔަރު ކުރި ޕޮލިޓިކަލް ޑިރެކްޓަރު މަގާމުން ވަކިކޮށްފި

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގަމުން އަންނަ ފަރާތްތައް ހޯދުމަށް ޓަކައި ފުލުހުން "އަލިމަގު"ގެ ނަމުގައި ފެށި އޮޕަރޭޝަން ގއ. އަތޮޅަށް ފުޅާކޮށް, މާލެއާއި ގއ. އަތޮޅުން އިއްޔެ ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭ ހިމެނޭ, މި ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރި މީހާ މިއަދު މަގާމުން ވަކިކޮށްފިއެވެ.

އިއްޔެ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހި މީހުންގެ ތެެރެއިން މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގައި ހުރި މީހާއަކީ, ގއ. ވިލިނގިލި، އައިޒަން, އަޙްމަދު އަނާމް އިބްރާހީމް (30އ) އެވެ.

ރައީސް އޮފީހުން ބުނީ އޭނާ މިއަދު ސިޔާސީ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.

https://sun.mv/216584

މި މައްސަލައިގައި ދެން ހިމެނޭ މީހުންގެ ތެރެއިން, ގއ. ވިލިނގިލި، ޝެވޯނާ, ޝައްފާޙް ލަޠީފް (28އ), އަކީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ޑައިރެކްޓަރެކެވެ.

މި މައްސަލައިގައި އިއްޔެ ދެން ހައްޔަރު ކުރީ ގއ. ވިލިނގިލި، މިޔުޒިކީއާގެ, އަޙްމަދު މަދީޙު (33އ) އާއި ގއ. ވިލިނގިލި، އަރާއިރުގެ, ނޫރުއްނިޡާމް (35އ) އެވެ.

ފުލުހުން ރޭ ބުނި ގޮތުގައި އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝައްފާޙާއި މަދީޙާއި އަނާމް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް، އަދި ނޫރު 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް އަލިމަގުގެ ނަމުގައި ފުލުހުން ބޮޑު އޮޕަރޭޝަނެއް ފެށީ މިދިޔަ ނޮވެންބަރު މަހެވެ.

މި އޮޕަރޭޝަންގެ ތެރެއިން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމާއި، ގާނޫނު ތަންފީޒުކުރުމަށް އަޅަން ހުރި ފިޔަވަޅުތައް އަޅާނެ ކަމަށް، ފުލުހުން ބުންޏެވެ.

comment ކޮމެންޓް